ސީ-ޓު-އެއަރ ކާގޯ: 17 އެއަރލައިން، 23 މަންޒިލް، 2 މިލިއަން ކިލޯ
ރާއްޖޭގެ ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ (ސީ-ޓު-އެއަރ ކާގޯ) ޚިދުމަތުގައި 17 ބައިނަލްއަގުވާމީ އެއަރލައިނަކުން ބައިވެރިވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދު ސިންދަފާތު ކުރުމުގެ ސިޔާސަތުގެ ދަށުން މިދިޔަ މޭ މަހު ފެށި މި ޚިދުމަތުގެ ތެރެއިން މިހާތަނަށް ދެ މިލިއަނަށްވުރެ ގިނަ ކިލޯގެ މުދާ ވަނީ އުފުލާފައެވެ. މިއީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ނިޒާމުގެ ދަށުން ކަނޑުމަގުން ރާއްޖެ ގެންނަ މުދާ ދުނިޔޭގެ 23 މަންޒިލަކަށް ވައިގެ މަގުން ފޮނުވައިދެއެވެ. މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ ހަރުދަނާވެ، އިޤްތިޞާދީ އާ ފުރުޞަތުތަކެއް ވަނީ ފަހިވެފައެވެ.

