ޕީއެންސީ އޮތީ ރައީސް މުއިއްޒާއެކު ސާބިތުކަމާއެކު ވަރަށް ބަދަހިކޮށް.
ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގައި ބައިބައިވުން އުފެދި، ރައީސް މުއިއްޒުގެ ހުށަހަޅުއްވުމެއް ސެނެޓުން ބޭރުކޮށްލި ކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތައް އެ ޕާޓީގެ ލީޑަޝިޕުން ދޮގުކޮށްފިއެވެ. ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ޕީއެންސީ އޮތީ ރައީސް މުއިއްޒާއެކު ބަދަހިކޮށް ކަމަށާއި، ފިތުނަ އުފައްދައިގެން ޕާޓީ ބައިބައި ނުކުރެވޭނެ ކަމަށެވެ. ޢަބްދުއްރަޙީމް މިހާރު ގެންދަވަނީ އައްޑޫގައި ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދު ހޯއްދެވުމަށް ކެމްޕޭން ކުރައްވަމުންނެވެ. ޕީޖީ ލީޑަރު އިބްރާހީމް ފަލާޙް ވެސް ވަނީ ރައީސްގެ ނިންމެވުންތަކަށް ސެނެޓާއި ލީޑަޝިޕުން ފުރިހަމައަށް އިޙްތިރާމްކުރާ ކަމަށާއި، ޕާޓީ ހިންގަނީ މަޝްވަރާގެ ރިވެތި އުޞޫލުން ކަމަށް ވިދާޅުވެފައެވެ.

