މީރާ އިން ނުދައްކާ ހުރި 3.7 ބިލިއަން ރުފިޔާގެ ޓެކްސް ހޯދައި، ދައުލަތުގެ އާމްދަނީ އިތުރުކޮށްފި
ނުދައްކާ ހުރި ޓެކްސްގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހޯދައިފިއެވެ. މީރާގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، މި ފައިސާ ހޯދާފައިވަނީ ނޯޓިސް ފޮނުވުމާއި، ބޭންކް އެކައުންޓް ފްރީޒްކުރުމާއި، އަދި ގާނޫނީ ފިޔަވަޅުތައް އަޅައިގެންނެވެ. އެންމެ ގިނަ ފައިސާ ހޯދާފައިވަނީ ނޯޓިސް ފޮނުވައިގެންނެވެ. އެއީ 2.74 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ބޭންކް އެކައުންޓްތައް ފްރީޒްކޮށްގެން 109.42 މިލިއަން ރުފިޔާ ހޯދާފައިވާއިރު، ފޯނުން ގުޅައިގެންނާއި އީމެއިލް މެދުވެރިކޮށް 239.87 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. ޓެކްސް ނުދައްކާ ތިބި 36,843 ފަރާތަކަށް ނޯޓިސް ފޮނުވުމުން، އޭގެ ތެރެއިން 8,139 ފަރާތަކުން ވަނީ ފައިސާ ދައްކާފައެވެ. އަދި 1,029 ފަރާތަކަށް 2.5 ބިލިއަން ރުފިޔާ ބަހާލައިގެން ދެއްކޭނެ އިންތިޒާމު މީރާއިން ވަނީ ހަމަޖައްސައިދީފައެވެ.







