PNC CommunityPNC Community

އެމްއެޗްއޭ އިން އޮޓޮގީ ރާމެންގެ މީރު ރަހަތައް ހިލޭ ތަޖުރިބާކޮށްލުމުގެ ފުރުސަތު

adhadhu.com‏1 ގަޑިއިރު ކުރިން

އެމްއެޗްއޭ އިން އާންމުންގެ މެދުގައި މަގުބޫލު އޮޓޮގީ ރާމެންގެ ރަހަތައް ހިލޭ ތަޖުރިބާކުރުމުގެ ފުރުސަތު ހު� ުވާލައިފި އެވެ.

ހިލޭ ރަހަ ތަޖުރިބާކޮށްލުމުގެ މި ހަރަކާތް އިއްޔެ އެމްއެޗްއޭ ހު� ުމާލެ ފޭސް 2 ވިނަރެސްގައި ބޭއްވިއިރު، މިއަދު ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހު� ުމާލެ ރެއިންކްރެސްޓްގަ އެވެ. އޭގެއިތުރުން މާދަމާ މި ހަރަކާތް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މާލޭ ފަރީދީމަގުގައި ހުންނަ އެމްއެޗްއޭ މާޓުގަ އެވެ.

އެމްއެޗްއޭ އިން ކަނޑައަ� ާފައިވާ އައުޓްލެޓުތަކުން ރަހަތައް ހިލޭ ތަޖުރިބާކޮށްލުން ކުރިއަށްދާނީ ހަވީރު 16:00 އިން ފެށިގެންނެވެ.

މި ހަރަކާތުގެ ތެރެއިން އޮޓޯގީ ބްރޭންޑުގެ މަޝްހޫރު އެކި ފްލޭވާތަކުގެ ރާމެން ތައްޔާރުކޮށް، ފިހާރަތަކަށް ޒިޔާރަތްކުރާ ކަސްޓަމަރުންނަށް ހޫނުކަމާއެކު ރަހަބެލޭނެ އެވެ. އެގޮތުން މިއީ މިއީ ރާމެންއަށް ލޯބިކުރާ ފަރާތްތަކަށާއި، އާ ރަހަތައް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް ހު� ުވާލެވިފައިވާ ރަނގަ� ު ފުރުސަތެއް ކަމަށް އެމްއެޗްއޭ އިން ބުންޏެވެ.

އޮޓޯގީ އަކީ ދުނިޔޭގެ ފެންވަރުގައިވެސް މަގުބޫލު ކޮރެއާގެ ބްރޭންޑެކެވެ. ރާއްޖޭގެ މާކެޓުގައިވެސް މި ބްރޭންޑުގެ ރާމެންއަށް އޮންނަ ތަރުހީބު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ބައިގަރުނަ ކުރިން ފެށިގެން ރާއްޖެއަށް މުދާ އެތެރެކޮށް ވިއްކަން ފެށި އެމްއެޗްއޭއަކީ އެންމެ ފު� ާ ދާއިރާއެއްގައި ހޯލްސޭލް އަދި ގިނަ އަދަދެއްގެ ރީޓެއިލް ފިހާރަ ވެސް ހިންގާ ކުންފުންޏެވެ.

އެމްއެޗްއޭގެ ތިން މާޓެއް މާލޭގައި ހުންނައިރު ހު� ުމާލޭގައި ދެ މާޓް ހުރެ އެވެ. މާލޭގެ މާޓްތައް ހުންނަނީ އޯކިޑު މަގު، ފަރީދީ މަގު އަދި މަޖީދީ މަގުގަ އެވެ. ހު� ުމާލޭގެ މާޓްތައް ހުންނަނީ ރެއިންކްރެސްޓް ރެޒިޑެންސް އަދި ނިރޮ� ު މަގުގަ އެވެ.