އެތެރޭގެ ސުކޫކުތަކަކަށް ސަރުކާރުގެ އިތުރު އިމާރާތްތަކެއް ރަހުނުކޮށްފައި ހުރި ކަމަށް މުއިއްޒު ވިދާ� ުވެއްޖެ
ކުރީ ސަރުކާރުން ބޭރުގެ އިންވެސްޓަރުންނަށް ވިއްކި ސުކޫކުގައި އިމާރާތްތަކެއް ރަހުނުކުރި ގޮތަށް، އެތެރޭގެ ބާޒާރަށް ވިއްކާފައިވާ ސުކޫކުތަކަކަށް ގެރެންޓީގެ ގޮތުގައި ސަރުކާރުގެ އިތުރު އިމާރާތްތަކެއް ރަހުނުކޮށްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާ� ުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ރަސްދޫ ކައުންސިލުގެ ގޮނޑިތައް ޕީއެންސީއަށް ލިބުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތެއްގައި، މުއިއްޒު މި ވާހަކަތައް ދެއްކެވީ މި މަހުގެ ކުރީކޮ� ު ދައްކާ ހަލާސްކޮށްފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ބޭނުމަށް ރަހުނުކުރި އިމާރާތްތައް "ސަލާމަތް" ކޮށްފައިވާ ކަމަށް ވިދާ� ުވަމުންނެވެ.
"ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތާ، އިސްކަންދަރު ސްކޫލްގެ ބިމަ، އައިޖީއެމްއެޗްގެ ބިމާ، ފިނޭންސް މިނިސްޓްރީ ބިމާ. މި ހަތަރު ތަން ހުރީ ރަހުނުކޮށްފަ. މި ހުރިހާ ތަނެއް ވެސް މިހާރު އިރާދަކުރެއްވިއްޔާ ސަލާމަތްވެފައި މީގެ ތެރެއިން،" އެމަނިކުފާނު ވިދާ� ުވި އެވެ.
މިހެން ވިދާ� ުވުމަށް މުއިއްޒު ދެން ދެއްކެވީ އެތެރޭގެ ސުކޫކުތަކަކަށް އިތުރު ތަންތަން ރަހުނުކޮށްފައިވާ ކަމަށެވެ. އަދި، މީގެ އިތުރު ތަފުސީލުތައް ފަހުން ހާމަކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާ� ުވި އެވެ.
"އަދި އެބަހުރި ލޯކަލް ސްކޫކު ތަކެއް ވެސް. އޭގެ ތަފްސީލްތައް ވެސް އަ� ުގަނޑު ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނަށް ހާމަކުރާނަން. އިތުރު ބައެއް ބިންތަކެއް އެބަހުރި އެއަށް ވެސް ގު� ުވާފައި ރަހުނު ކޮށްފަ،" މުއިއްޒު ވިދާ� ުވި އެވެ.
އެތެރޭގެ ބާޒާރަށް ވިއްކާފައިވާ ސުކޫކުތަކެއްގެ ވާހަކަ މުއިއްޒު ފުރަތަމަ ފަހަރަށް ދެއްކެވިއިރު، މީގެ ކުރީ ސަރުކާރުތަކުން ހަދާފައި ހުރި މާލީ ގޯސްތަކުގެ ވާހަކަތައް، އެކި ޕޯޑިއަމްތަކުގައި ދެއްކެވި އެއްވެސް ފަހަރެއްގައި، މި ވަރުގެ ގޯހެއް ހިނގާފައިވާ ކަމުގެ އިޝާރާތެއް ވެސް ނުކުރައްވަ އެވެ.
ހަމަ އެހެންމެ، ދައުލަތުގެ ދަރަނީގެ ތަފާސްހިސާބުތަކުގައި ވެސް އެތެރޭގެ ބާޒާރަށް ސުކޫކެއް ވިއްކާފައިވާ ކަމަކަށް ބަޔާންކޮށްފައި ނެތެވެ. ފިނޭންސުން އެންމެ ފަހުން އާންމުކޮށްފައިވާ ޑެޓް ބުލެޓިންގައި (ޑެޓް ބުލެޓިން Q1 2025) އެތެރޭގެ ދަރަނީގެ ގޮތުގައި ރިޕޯޓުކޮށްފައި ހުރީ ޓީބިލާއި ބޮންޑާއި ލޯނެވެ.
ދިވެހި ސަރުކާރުން ވިއްކާ އިސްލާމިކް އިންސްޓްރޫމަންޓުތަކުގެ ތެރޭގައި ހިމެނޭ "މުދާރަބާ" އާއި "ވަކާލާ ބި އަލް އިސްތިސްމާރް" އަކީ ވެސް ހަރުމުދާ ރަހުނުކޮށްގެން ވިއްކާ ސެކިއުރިޓީތަކެއް ނޫނެވެ. މިހެން ނަމަވެސް، އެތެރޭގެ ބޭންކުތަކުން ނަގާފައިވާ ލޯނުތަކަށް ސަރުކާރުގެ އިމާރާތްތަކާއި ބިންތައް ރަހުނުކޮށްފައި ހުރެ ދާނެ ކަމަށް މި ނޫހާ ވާހަކަ ދެއްކި ފިނޭންސް މިނިސްޓްރީގެ ކުރީގެ މުވައްޒަފަކު ބުންޏެވެ.
