މެންބަރެއްގެ ގޮނޑި ގެއްލުވާލުމުގެ އިޖުރާއަތްތައް ނުހިންގޭނެ ކަމަށް ކަނޑައަ� ައިދޭން އެދުނު އަމުރު ނެރެނުދިން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާމުގެ ބާރު ސިޔާސީ ޕާޓިތަކަށް ދީ, ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަމުން ދަނިކޮށް, އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލުވާލުމުގެ އިޖުރާއަތްތައް ނުހިންގޭނެ ކަމަށް ކަނޑައަ� ައިދޭން އެދުނު އަމުރު ނެރެނުދޭން މިއަދު އެ ކޯޓުން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން ފުލް ބެންޗުގެ އިއްތިފާގުން ނެރުނު އަމުރުގައި ވަނީ އެފަދަ އަމުރެއް ނެރޭ ހާލަތެއްގައި އެ މައްސަލައިގައި މައުލޫއީ ގޮތުން ގޮތް ކަނޑައަ� ަން ޖެހޭ ނުކުތާއަށް އަސަރު ކުރުން ކަމަށް ބުރަވެވޭ ކަމަށެވެ.
ގޮނޑި ގެއްލޭ މައްސަލަ އެންމެ ފުރަތަމަ ބޭއްވީ ފެބްރުއަރީ 17، 2025 ގަ އެވެ. އެ މައްސަލައިގައި ދެވަނަ އަޑުއެހުމެއް ބޭއްވީ އޭގެ 421 ދުވަހުން އެޕްރީލް ނުވައެއްގަ އެވެ.
މި ވަގުތީ އަމުރު ނެރެފައި މިވަނީ ކޯޓަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވަނިކޮށެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރީ ވަގުތީ އަމުރުގެ މައްސަލައިގެ އަޑުއެހުން ފެށުމަށް ކުޑަތަންވެފައި ވަނިކޮށެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ ދުވަހު ސަސްޕެންޑު ކުރީ ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރާއި ޑރ. އައިޝަތު އަޒްމިރަލްދާ ޒާހިރެވެ. ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އޭސީސީން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ބުނެ ޖޭއެސްސީއަށް އެނގުމުންނެވެ.
ނަމަވެސް، މިއަދާ ހަމައަށް ވެސް އޭސީސީން އެ މައްސަލައިގައި ވަކި ގޮތެއް ނިންމާފައި ނުވެ އެވެ.
ފަނޑިޔާރުން ސަސްޕެންޑުކުރުމުގެ ކުޑައިރުކޮ� ެއް ކުރިން, ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް ގެންނަ ބަދަލު ވެސް ފާސްކޮށްފަ އެވެ. ނަމަވެސް، އަވަސް އަރުވާލައިގެން އެންމެ 48 ގަޑިއިރު ތެރޭގައި ފާސްކުރި އެ ބިލު މުހައްމަދު މުއިއްޒު ތަސްދީގެއް ނުކުރައްވަ އެވެ.
ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތު ނުދީ އަޒްމިރާލްދާ އާއި މަހާޒު ވަކިކުރިއިރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވީ ވަކި ގޮތަކަށް މި ދުސްތޫރީ މައްސަލަ ނިންމުމަށް މުއިއްޒު ނުފޫޒު ފޯރުވަމުން ދިޔުމުން އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުންނެވެ. އަދި އޭގެ ކުޑަދުވަސްކޮ� ެއް ފަހުން އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި މުއުތަސިމް އަދުނާން ރިޓަޔާ ކުރެއްވި އެވެ.
އެހެންކަމުން، ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާ ހަތް ފަނޑިޔާރުންގެ ތެރެއިން މި ސަރުކާރުން އައްޔަން ކުރީ ހަތަރު ފަނޑިޔާރުންނެވެ. އަނެއް ތިން ފަނޑިޔާރުން އައްޔަން ކުރީ ކުރީގެ ސަރުކާރުންނެވެ. ސުޕްރީމް ކޯޓަށް އެއްވެސް މައްސަލައެއް ބެލޭނީ އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ ބެންޗަކުންނެވެ.
