PNC CommunityPNC Community

އެފްއެސްއެމް މެދުވެރިކޮށް އައްޑޫއަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދޭން ކައުންސިލުން ގޮވާލައިފި

adhadhu.com‏1 ގަޑިއިރު ކުރިން

އައްޑޫ ސިޓީގައި ރައްޔިތުންނަށް ބޭނުންވާ ތެލުގެ ހިދުމަތް ހޯދުމުގައި މިހާރު ދިމާވަމުންދާ ދަތިތަކާ ގު� ިގެން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް އެ ސިޓީއަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ގޮވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އައްޑޫގައި މީހުން ދިރިއު� ޭ އެއްވެސް ރަށެއްގައި އެފްއެސްއެމްގެ ހިދުމަތް ނެތްއިރު، އެ ސިޓީގައި ތެލުގެ ހިދުމަތް މިވަގުތު ފޮރުކޮށްދެމުންދަނީ އަމިއްލަ ކުންފުނިތަކުން ކަމަށެވެ.

"މީގެކުރިން އެފްއެސްއެމް އިން އަގުހެޔޮކޮށް ތެޔޮ ސަޕްލައި ކުރަމުން އައި ނަމަވެސް، މިހާރު އެ އިންތިޒާމު ބަދަލުވެ، ރައްޔިތުންނަށް ތެޔޮ ގަންނަން ލިބެނީ ވަރަށް ބޮޑު އަގުގައި،" އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

އެފްއެސްއެމް އިން ޕެޓްރޯލް ލީޓަރެއް 18.56ރ. އަށް އަދި ޑީސެލް ލީޓަރެއް 18. 68 އަށް ވިއްކަމުންދާއިރު، އައްޑޫގެ އަމިއްލަ ކުންފުނިތަކުގެ ޝެޑުތަކުން ޕެޓްރޯލް ލީޓަރެއް ވިއްކަމުންދަނީ 24.22ރ. އަށް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އޭގެއިތުރުން ކައުންސިލުން ބުނީ އަމިއްލަ ކުންފުނިތަކުން ޑީސެލް ލީޓަރެއް ވިއްކަމުންދަނީ 31.34ރ. އަށް ކަމަށެވެ.

"އަމިއްލަ ކުންފުނިތަކުންވެސް އެފްއެސްއެމް އިން ވިއްކާ އަގުގައި ތެޔޮ ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދިފައިވީ ނަމަވެސް، އެ އިންތިޒާމު ހަމަޖެހިފައި ނުވާކަމީ މި ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަމެއް. މިއީ ރާއްޖޭގެ އެހެން ސަރަހައްދުތަކާ އަ� ާބަލާއިރު އައްޑޫ ސިޓީގެ ރައްޔިތުން އުފުލަންޖެހޭ ވަރަށް ބޮޑު ތަކުލީފެއް،" އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

މީގެއިތުރުން އައްޑޫ ސިޓީ ގައުމުގައި ހުންނަ އެފްއެސްއެމްގެ ތެޔޮ އަ� ާ މެޝިނަކީ ވަރަށް ދުވަސްވެ ބާވެފައިވާ މެޝިނަކަށްވުމުން، ހިދުމަތް ހޯދުމަށް ރައްޔިތުން ގިނަ ވަގުތު ކިޔޫގައި ތިބެންޖެހޭކަމުގެ ޝަކުވާ ކައުންސިލަށް މެދުނުކެނޑި ލިބެމުންދާކަން ކައުންސިލުން ފާހަގަކުރެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން އެދިފައިވަނީ ވީހާވެސް އަވަހަށް ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށާއި ކުރިންވެސް އޮތް އުސޫލުން ހެޔޮ އަގެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ސަރުކާރާއި ކަމާބަހޭ ފަރާތްތަކަށް ގޮވާލާފަ އެވެ.