ޕީއެންސީއަށް ވޯޓު ނުދިނީ ދީން އިސްނުކުރާ މީހުން ކަމަށް ސިފަވާ ގޮތަށް ރައީސް ވާހަކަ ދައްކަވައިފި
އެމަނިކުފާނުގެ ސިޔާސީ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ވޯޓު ނުދިނީ ދީން އިސްނުކުރާ މީހުން ކަމަށް ސިފަވާ ގޮތަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވާހަކަ ދައްކަވައިފި އެވެ.
އޭޕްރީލް 4، ގައި ބޭއްވި ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓަށްފަހު ފުރަތަމަ ފަހަރަށް ރޭ ރައްޔިތުންނާ މުހާތަބުކޮށް މުއިއްޒު ވިދާ� ުވީ، ރާއްޖޭގެ މެޖޯރިޓީ މީހުން ވޯޓު ދިނީ ޕީއެންސީއަށް ކަމަށާއި އެއީ ދީން އިސްކުރަން ބޭނުންވި ރައްޔިތުން ކަމަށެވެ.
"ދަންނަވަން ޖެހޭނީ މި އިންތިހާބުގެ ނަތީޖާ ބަލާއިރުގައި މި ރާއްޖޭގެ މެޖޯރިޓީގެ ރައްޔިތުން، މެޖޯރިޓީ ރައްޔިތުންގެ ވިސްނުން އިރާދަކުރެއްވީތީ ހުރީ، ގައުމު އިސްކުރުމުގެ ވިސްނުމުގަކަން. ދީން އިސްކުރުމުގެ ވިސްނުމުގައި ކަން،" މުއިއްޒު ވިދާ� ުވި އެވެ.
ޕީއެންސީގެ ފިކުރަކީ "ދީނީ، ގައުމީ" ފިކުރު ކަމަށް ވެސް މުއިއްޒު ރޭ ވިދާ� ުވި އެވެ.
"ހުރިހާ ގޮތަކުން ބެލި ނަމަވެސް ޑަބްލިޔޫޑީސީތަކުގެ ރައީސުންނާ، އާންމު މެންބަރުން ކަމުގައި ވިޔަސް، ކައުންސިލްތަކުގެ ރައީސުންނާ އާންމު މެންބަރުން ކަމުގައި ވިޔަސް، ހުރިހާ އިންތިހާބަކުން ރާއްޖޭގެ މެޖޯރިޓީ މިއޮތީ މި ފިކުރަށް ތާއީދުކޮށް، ދީނީ ގައުމީ ފިކުރަށް ތާއީދުކޮށް ޕީއެންސީ އަށް މެޖޯރިޓީ ދެއްވާފައި،" އެމަނިކުފާނު ވިދާ� ުވި އެވެ.
ރައްޔިތުން ވޯޓު ދީގެން ހޮވި ކެންޑިޑޭޓުން "ދީނީ މިންގަނޑުން" ބޭރުވަމުންދާ ކަމަށް ވިދާ� ުވެ، އިދިކޮ� ު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންނަށް ވޯޓު ދިން މީހުންނަށް ވެސް މުއިއްޒު ރޭ ފާޑުވިދާ� ުވި އެވެ.
"މިފެނިގެންދަނީ މި ހޮވިފައިތިބި އިންތިޚާބީ ކެންޑިޑޭޓުން މުޒާހަރާކުރަމުންދާތަން. މަގުމަތީ ހަލަބޮލިކުރަމުންދާތަން. ހަޑިހުތުރު ބަސްތައް ބޭނުންކުރަމުންދާތަން. ދީނީ މިންގަނޑުން ބޭރު ވަރަށް އަހްލާގީ ފެންވަރު ދަށް އަމަލުތައް ހިންގަމުންދާތަން މިހޮވުނު ކެންޑިޑޭޓުން. އެއީ ހަމަ އަ� ުގަނޑުމެންގެ ރައްޔިތުން ވޯޓުލައިގެން ހޮވުނު މީހުން،" ރައީސް ވިދާ� ުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމާއި ހުރިހާ ސިޓީ ކައުންސިލެއްގެ މެޖޯރިޓީ ލިބުނީ އެމްޑީޕީއަށެވެ. އަދި ގިނަ ރަށު ކައުންސިލްތަކުގެ މެޖޯރިޓީ ވެސް ލިބުނީ އެމްޑީޕީއަށެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުގައި 216،539 މީހުން ވޯޓު ދިނެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ 74.9 ޕަސެންޓު މީހުންނެވެ.
އޭގެ ތެރެއިން 148،859 މީހުން ވޯޓު ދިނީ ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ. އެއީ ވޯޓު ދިން މީހުންގެ 68.7 ޕަސެންޓު މީހުންނެވެ. އެއީ މިދިޔަ ރިޔާސީ އިންތިހާބުގައި މުއިއްޒަށް ލިބުނު ވޯޓަށްވުރެ ވެސް ގިނަ އަދަދެކެވެ.
