އިންތިހާބުން ބަލިވި ޕީއެންސީއަށް ތޮއްޑޫ އާއި ރަސްދޫ ކައުންސިލް ލިބުން ފާހަގަ ކުރަން ހަވާ އަރުވައިފި
މިދިޔަ އޭޕްރީލް 4، ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ބަލިވި ނަމަވެސް، އއ. ތޮއްޑޫ އާއި އއ. ރަސްދޫ ކައުންސިލުގެ މެޖޯރިޓީ އެ ޕާޓީއަށް ލިބުން ފާހަގަ ކުރަން ހަވާއަރުވައިފި އެވެ.
ތޮއްޑޫ ދާއިރާގައި ހިމެނޭ އއ. ތޮއްޑޫ އާއި އއ. ރަސްދޫ އަދި އއ. އުކު� ަސް އިން ޕީއެންސީއަށް ގިނަ ގޮނޑި ލިބުމާ ގު� ިގެން އުފާފާ� ުކުރުމަށް ހަވާ އެރުވީ ރަސްދޫގައި ޕީއެންސީން ބޭއްވި ޖަލްސާ ނިންމާލުމަށްފަހު އެވެ.
މި ޖަލްސާގައި މުހައްމަދު މުއިއްޒު ވަނީ މު� ި ރާއްޖެއިން ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ގިނަ ގޮނޑިތައް ލިބިފައިވާ ކަމަށް ސިފަކުރައްވާފަ އެވެ. ނަމަވެސް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށްވުރެ ގިނަ ގޮނޑި ލިބިފައިވަނީ އެމްޑީޕީއަށެވެ.
މުއިއްޒު ވިދާ� ުވީ ރަސްދޫ އާއި ތޮއްޑޫ ދާއިރާގެ ތިން ރަށުން ވެސް ލިބިގެންދިޔައީ ވަރަށް ތާރީހީ ވަރަށް ތާރީހީ ވަރުގަދަ ކާމިޔާބެއް ގޮތުގައި ސިފަކުރައްވާފަ އެވެ. ތޮއްޑޫ ދާއިރާގެ މެޖޯރިޓީ ކުރިން ހޯދަމުންދިޔައީ އިދިކޮ� ު އެމްޑީޕީންނެވެ.
"މި މު� ި ރާއްޖޭން އަ� ުގަނޑުމެންނަށް ވަނީ ގިނަ ގޮނޑިތައް ލިބިފައި އަދި ނުލިބިދިޔަ ވަރަށް ގިނަ ގޮނޑިތައްވެސް އެބަހުރި. އެހެންވީމާ ކާމިޔާބީ ގިނައީ. ވަރަށް ބޮޑެތި ކާމިޔާބީތައް ހާއްސަކޮށް މި ދާއިރާ ކަހަލަ ދާއިރަތަކުން ލިބިގެން ގޮސްފައިވަނީ،" މުއިއްޒު ވިދާ� ުވި އެވެ.
ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީން ޕީއެންސީ ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާފަ އެވެ. އެގޮތުން ސިޓީ ކައުންސިލްތަކުގެ 52 ގޮނޑީގެ ތެރެއިން 46 ގޮނޑި އެމްޑީޕީއަށް ލިބުނުއިރު، ޕީއެންސީއަށް ލިބުނީ އެންމެ ހަ ގޮނޑި އެވެ. ސިޓީތަކުގެ ޖުމްލަ ވޯޓު ވެސް އެންމެ ގިނައިން ލިބިފައިވަނީ އެމްޑީޕީއަށެވެ.
ނަމަވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ގިނަ ގޮނޑިތައް ލިބުނީ ޕީއެންސީއަށެވެ.
މީގެއިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ހުށަހެ� ި ހުށަހެ� ުމާ ގު� ިގެން ނެގި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ވަނީ ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނެފަ އެވެ. އެ އިންތިހާބުގައި 148،859 މީހުން ނޫނެކޭ ބުނެފައިވާއިރު، އާނއެކޭ ބުނީ 67،680 މީހުންނެވެ.
