މުޒާހަރާ ކުރާތީ ނުރުހި، އިދިކޮ� ުގައި ތިބީ ދީނާ ދުރު ބަޔެއް ކަމަށް މުއިއްޒު ސިފަކޮށްފި
ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްނުވާ އިންތިހާބީ ކެންޑިޑޭޓުންނަކީ ދީނެއް މިއްލަތެއް އިސްކުރާ ބައެއް ނޫންކަމަށް ވިދާ� ުވެ، މުޒާހަރާ ކުރުމަކީ އަހުލާގީ ފެންވަރު ދަށް ކަމެއްކަމަށް ރައީސް މުަހައްމަދު މުއިއްޒު ސިފަކުރައްވައިފި އެވެ.
އޭޕްރިލް 4، ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ޑަބްލިޑީސީ އިންތިހާބުގެ އިތުރުން، ދެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބެލުމަށް ނެގި ފެންނަ ނުފެންނަ ވޯޓަށްފަހު، ފުރަތަމަ ފަހަރަށް ސިޔާސީ ޕޯޑިއަމެއްގައި ވާހަކަދައްކަވަމުން މުއިއްޒު ރޭ ވިދާ� ުވީ އިންތިހާބުގައި ކާމިޔާބު ހޯދި ޕީއެންސީއަށް ނިސްބަތް ނުވާ ފަރާތްތަކުން ދީނީ މިންގަނޑުން ބޭރުން އަހުލާގީ ފެންވަރު ދަށް އަމަލުތައް ހިންގަމުންދާ ކަމަށެވެ.
"އިންތިހާބުވާ މަގާމާ ހަވާލުނުވެ، އެކަމަކުވެސް އަ� ުގަނޑުމެންނަށް މިފެންނަނީ މާލޭގެ މަގުމަތިން މިފެނިގެންދަނީ މި ހޮވިފައިތިބި އިންތިހާބީ ކެންޑިޑޭޓުން މުޒާހަރާކުރަމުންދާތަން. މަގުމަތީ ހަލަބޮލިކުރަމުންދާތަން. ހަޑިހުތުރު ބަސްތައް ބޭނުންކުރަމުންދާތަން. ދީނީ މިންގަނޑުން ބޭރު ވަރަށް އަހްލާގީ ފެންވަރުދަށް އަމަލުތައް ހިންގަމުންދާތަން މިހޮވުނު ކެންޑިޑޭޓުން." މުއިއްޒު ވިދާ� ުވި އެވެ.
ރައްޔިތުން އެ މީހުންނަށް ވޯޓު ދިނީ މުޒާހަރާ ކުރަން ނޫން ކަމަށް މުއިއްޒު ވިދާ� ުވި އެވެ. އަދި، އެމީހުންގެ ކިބައިން ރައްޔިތުން އުއްމީދު ކޮށްފައި އޮންނާނީ ވެސް އަހުލާގީ ރީތި މިސާލުތައް ދައްކައިދޭން ކަމަށް މުއިއްޒު ވިދާ� ުވި އެވެ.
ނަމަވެސް، ޕީއެންސީއަށް ނިސްބަތްނުވާ އިންތިހާބީ ކެންޑިޑޭޓުންގެ ފަރާތުން ފެންނަނީ ދީނާ ދުރު އަމަލުތަކެއް ކަމަށް މުއިއްޒު ވިދާ� ުވި އެވެ.
"އެހެންނަމަވެސް އަ� ުގަނޑުމެންނަށް މި ފެނިގެން މި ދަނީ އަ� ުގަނޑުމެންނާ އިދިކޮ� ު ފިކުރުގެ މީހުންގެ ކިބައިން ހަމަ އަބަދުވެސް ފެންނަ މަންޒަރު. ގައުމެއް އިސްކުރަނީކީ ނޫން، ދީނެއް މިއްލަތެއް އިސްކުރަނީކީ ނޫން، މު� ިން އެހެންގޮތަކަށް އު� ޭތަން." މުއިއްޒު ވިދާ� ުވި އެވެ.
"އެހެންވީމަ ހަމަވިސްނޭ ރައްޔިތުން. އަދުލު އިންސާފު ގަބޫލުކުރާ ދީންދެކެ ލޯބިވާ ރައްޔިތުން ވިސްނަން އެބަޖެހޭ. އަ� ުގަނޑުމެން އިސްކުރަންޖެހޭނީ ގައުމުކަން."
މުއިއްޒު މި މޭރުމުން ވާހަކަދައްކަވާފައި މި ވަނީ އިދިކޮ� ު އެމްޑީޕީ އާއި ޕީއެންއެފްއިން ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާ ދަނޑިވަ� ެއްގަ އެވެ. އެ މުޒާހަރާތަކުގައި ރާއްޖޭގެ އެކި ކައުންސިލްތަކަށް އިންތިހާބުވި ބައެއް ބޭފު� ުންނާއި ޑަބްލިއުޑީސީތަކަށް އިންތިހާބުވި ބައެއް ބޭފު� ުން ބައިވެރިވެ އެވެ.
އެމްޑީޕީން މުޒާހަރާ ކުރަމުން ދަނީ ސަރުކާރަށް 12 ޑިމާންޑެއް ކުރުމަށްފަހު އެވެ. ނަމަވެސް، އެއިން އެއްވެސް ޑިމާންޑަކަށް ސަރުކާރުން މިހައިތަނަށް އިޖާބަދީފައެއް ނުވެ އެވެ.
