PNC CommunityPNC Community

ދެ ހަފުތާގެ ހިލޭ ދަތުރުތަކަށް ފަހު އެމްޓީސީސީ ޓެކްސީއަށް އަގު ނަގަނީ

adhadhu.com‏1 ގަޑިއިރު ކުރިން

ގްރޭޓާ މާލޭ ސަރަހައްދުގައި ޓެކްސީ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޓީސީސީން ފެށި ޓެކްސީ ލައިންގެ ދަތުރުތައް ދެ ހަފުތާ ވަންދެން ހިލޭ ކޮށްދިނުމަށް ފަހު، އިއްޔެއިން ފެށިގެން ހުރިހާ ދަތުރުތަކަށް އަގު ނަގަން ފަށާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

އެމްޓީސީސީގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އިއްޔެ ރޭ ދަންވަރު ކުރިޕޯސްޓެއްގައިއެ ކުންފުނިން ބުނީ ދެން ދަތުރުކުރެވޭނީ ހޮޓަލައިން ނަމްބަރު 1655 އަށް ގު� ައިގެން ނޫނީ ވެބް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ދައްކާ ގޮތަށް ކަމަށެވެ.

ކުންފުންޏަށް ގެއްލުންވާ ގޮތަށް އެތައް ދުވަސްތަކެއް ވަންދެން ހިލޭ ދަތުރުކޮށްދޭން އެމްޓީސީސީއަށް މަޖުބޫރުވީ، އެމްޓީސީސީން މި ހިދުމަތް ދޭން ތައްޔާރުކުރި ޓެކްސީ އެޕްލިކޭޝަން ފެއިލްވުމުންނެވެ. ދުވަހު، ދޫކޮށްލި ވެބް އެޕްލިކޭޝަން (maletaxi.web.app) ކޮމްޕްރޮމައިޒް ވެގެންނެވެ.

ޓެކްސީ ހިދުމަތް އިފުތިތާހު ކުރި ރޭ (މި މަހުގެ 2 ވަނަ ދުވަހު) ވެބް އެޕްލިކޭޝަންގެ ލިންކް ދޫކޮށްލިތަނާހެން ދިވެހި ޑިވެލޮޕަރުންތަކެއް ވަނީ އެޕްލިކޭޝަންގައި ހުރި ބޮޑެތި ސެކިއުރިޓީ މައްސަލަތަކެއް ހޯދައި، އާންމުންގެ ސަމާލުކަމަށް ގެނެސްފަ އެވެ. މި މައުލޫމާތު ދައުރުވާން ފެށިތާ އިރުތަކެއް ނުވަނީސް، އެމްޓީސީސީން އެޕް ޑައުންކޮށްލި އެވެ.

އެމްޓީސީސީގެ އެޕްލިކޭޝަން ޑައުންކޮށްލުމަށް ފަހު، އެ ކުންފުނިން ވަނީ ހަފުތާއެއް ވަންދެން ހިލޭ ދަތުުރުކޮށްދިނުމަށް ނިންމާފައިވާ ކަން އިއުލާންކޮށްފަ އެވެ. އެމްޓީސީސީގެ އިއުލާނުގައި ބުނީ މިއީ އަގު ނަގަން ފެށުމުގެ ކުރިން ކަސްޓަމަރުންގެ ތަޖުރިބާގެ އަލީގައި ހިދުމަގެ ފެންވަރު ރަނގަ� ު ކުރަން ކުރި ކަމެއް ކަމަށެވެ.

މިހެން ނަމަވެސް، އެމްޓީސީސީއަށް ޓެކްސީ ހިދުމަތް ހިލޭ ދޭން މަޖުބޫރުވީ އެޕްލިކޭޝަން ޑައުންކޮށްލަން ޖެހުމުން ކަން އަދަދު އަށް ވަނީ ކަށަވަރުކުރެވިފަ އެވެ. ހިލޭ ދަތުރުކޮށްދޭ މުއްދަތު އިތުރު ހަފުތާއަކަށް ދައްމާލަން އެމްޓީސީސީގެ މެނޭޖުމަންޓަށް މަޖުބޫރުވީ ވެސް އެޕްލިކޭޝަން ތައްޔާރު ނުކުރެވިގެންނެވެ.

އެމްޓީސީސީން މިހާރު ތައާރަފުކޮށްފައިވާ ޕްލެޓްފޯމަކީ (mtl.mtcc.mv) ވެސް ޓެކްސީ ހިދުމަތް ފޯރުކޮށްދޭ "އަވަސް ރައިޑް" އާއި "ސަ� ި ރައިޑް" އާއި "ފަހި ރައިޑް" ފަދަ އެޕުތަކާ ހިލާފަށް، ހަމައެކަނި ބުކިން ޕޯޓަލްއެކެވެ. އެ ޕޯޓަލްގައި އަމިއްލަ ޔޫސާއެއް ރަޖިސްޓްރީ ނުކުރެވެ އެވެ. ދަތުރެއް ބޭނުންވާ ކޮންމެ ފަހަރެއްގައި ޖެހެނީ ވެރިފިކޭޝަން ކޯޑު ހޯދައިގެން ދަތުރު ބުކް ކުރާށެވެ. އަދި، ދަތުރު ފެށުމުގެ ކުރިން ފައިސާ ވެސް ދައްކަން ޖެހެ އެވެ.

އެމްޓީސީސީން ޓެކްސީ އެޕްލިކޭޝަނަކާ ނުލާ ޓެކްސީ ދަތުރުތަކުން އަގު ނަގަން ފެށިއިރު، އެޕްލިކޭޝަން ނެރޭނެ ދުވަހެއް އަދި ނޭނގެ އެވެ.

ޓެކްސީ ހިދުމަތް ފެށި ރޭ އެމްޓީސީސީން ދައްކާލި އެޕްލިކޭޝަނަކީ ފިކްސްޑް މޯލްޑިވްސް ކިޔާ އަމިއްލަ ވިޔަފާރިއަކުން އުފެއްދި އެޕެކެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާ� ުވެފައިވާ ގޮތުގައި 13 މިލިއަން ރުފިޔާގެ އަގަކަށް ފިކްސްޑް މޯލްޑިވްސްއާ ހަވާލުކުރީ ޓެކްސީ އެޕްލިކޭޝަންގެ އިތުރުން އެ ކުންފުނީގެ މު� ި ޓްރާންސްޕޯޓު ވިއުގަ މޮނިޓާ ކުރެވޭނެ ގޮތަކަށް ރިއަލް ޓައިމް ޓްރެކިން ނިޒާމެއް ގާއިމްކުރުމަށެވެ. އަދި، އެޕް މަސައްކަތް ނުކުރި ނަމަވެސް، އެ ވިޔަފާރިއަކީ އެ ކަހަލަ މަސައްކަތްތަކަށް ވަރަށް ގާބިލު ބަޔެއް ކަމަށް އޭނާ ވިދާ� ުވި އެވެ.

ސައުދީ މިހެން ވިދާ� ުވި ނަމަވެސް ފިކްސްޑް މޯލްޑިވްސްއާ މަަސައްކަތް ހަވާލުކުރުމުގައި ގިނަ ގޯސްތަކެއް ހިނގާފައިވާ ކަމަށް ބާރުދޭ ގިނަ މައުލޫމާތު ވަނީ ތިލަވެފަ އެވެ.

އޭގެ ތެރޭގައި ފިކްސްޑް މޯލްޑިވްސްގެ ވެރިޔާ އާއި އެމްޓީސީސީގެ ޕްރޮޖެކްޓު ޓީމުގެ އިސް މެނޭޖަރަކާ އޮތް އާއިލީ ގު� ުމާއި، އެމްޓީސީސީގެ ވެރިންނާއި ފިކްސްޑް މޯލްޑިވްސްއާ އޮތް ގު� ުންތަކާއި، ފިކްސްޑް މޯލްޑިވްސް ތަޖުރިބާ ނެތް ކަމާއި، މަސައްކަތް ނުނިމެނީސް ގިނަ ފައިސާތަކެއް ދޫކުރުން ހިމެނެ އެވެ.

މި ހުރިހާ ތުހުމަތުތައް އެމްޓީސީސީގެ މެނޭޖުމަންޓުން ދޮގުކުރެ އެވެ. އަދި އެއްވެސް ގޯހެއް ހިނގާފައި ނުވާނެ ކަމަށް ސައުދީ ވަނީ މި ނޫހަށް ވިދާ� ުވެފަ އެވެ. އޭގެ ބަދަލުގައި އޭނާ މަސައްކަތްކުރެއްވީ، އެޕް މަސައްކަތް ނުކުރުމުގައި އެމްޓީސީސީގެ އައިޓީ ޑިޕާޓުމަންޓުގެ ބަޔަކު ގޯސްތަކެއް ހަދާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އެމްޓީސީސީގެ ޓެކްސީ ހިދުމަތަށް ބޭނުންވާ އެޕްލިކޭޝަން ތައްޔާރުކުރުން، އެއްވެސް ތަޖުރިބާއެއް ނެތް އަމިއްލަ ކުންފުންޏަކަށް 13 މިލިއަން ރުފިޔާއަށް ސިއްރު ބިޑެއްގެ ދަށުން ހަވާލުކުރި. މި މުއާމަލާތުގައި ކޮރަޕްޝަނާއި އާއިލީ ގު� ުންތައް އެކުލެވޭ. ސިފަަވަނީ ކޮރަޕްޝަންގެ ނެޓްވޯކެއް.

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި އެމްޓީސީސީން ފިޔަވަ� ު އެ� ީ އެ ކުންފުނީގެ އައިޓީ ޑިޕާޓުމަންޓުގައި އިސްކޮށް ހުންނެވި، ސަލާމްއަށެވެ.

ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ގޮތުގައި، މިހާރު ބޭނުންކުރާ ޕޯޓަލްއަކީ ވެސް ފިކްސްޑް މޯލްޑިވްސްގެ އުފެއްދުމެއް ނޫނެވެ. އެމްޓީސީސީގެ އައިޓީ ޑިޕާޓުމަންޓުން އުފެއްދި ޕްލެޓްފޯމެކެވެ. ނަމަވެސް އެމްޓީސީސީގެ ވެރިޔަކު ފޯނަށް ޖަވާބު ނުދޭތީ މި މައުލޫމާތުގެ ސައްހަކަން ކަށަވަރެއް ނުކުރެވެ އެވެ.

އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަނެއް ފެންނަން ނެތްއިރު، ސައުދީ ވިދާ� ުވެފައިވާ ގޮތުގައި އެ ކުންފުނީގެ ވިސްނުމުގައި އޮތީ ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރުޓީއެލް) އެޕްލިކޭޝަންގެ ތެރެއިން އެއްގަމާއި ކަނޑު ދަތުރުގެ ވިއުގައިގެ ބޭނުންކުރެވޭ ގޮތަށް އެ އެޕްލިކޭޝަން އިތުރަށް ތަރައްގީކުރުމެވެ.