ރޭގެ މުޒާހަރާއިން ހައްޔަރުކުރި މައިމޫން ޝަރުތު ކުރުމަށްފަހު ކޯޓުން ދޫކޮށްލައިފި
އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ނައިބުރައީސް، އަހުމަދު މައިމޫން މުހައްމަދަށް ޝަރުތުތަކެއް ކުރުމަށްފަހު ކޯޓުން ދޫކޮށްލައިފި އެވެ.
ނިމިދިޔަ ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް އިތުބާރު ގެއްލި، ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެފައިވާތީ އެމްޑީޕީން އަންނަނީ ސަރުކާރަށް 12 ޑިމާންޑެއްކޮށް މުޒާހަރާ ކުރަމުންނެވެ.
މައިމޫންއަށް ކޯޓުން ކުރީ ހަތަރު ޝަރުތެކެވެ. އެއީ ތަހުގީގަށް އެއްބާރުލުން ދިނުމާއި ފޯނު ނަންބަރު ބަދަލުވެއްޖެ ނަމަ، އެކަން އެންގުމާއި މާލެއިން ބޭރަށް ދާނަމަ، އެކަން ކޯޓަން އެންގުމުގެ އިތުރުން، ރޭގެ މުޒާހަރާ ތެރެއިން އަނިޔާވި ފުލުސް މީހާއާ މުއާމަލާތް ނުކުރުމެވެ.
އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އަބްދުﷲ ރަޝީދު (ވާވާ) ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ. މި މުޒާހަރާގައި ހައްޔަރުކުރި ބައެއް މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލުން ފަރުވާދީފައިވާއިރު، މުޒާހަރާ ކަވަރުކުރި ނޫސްވެރިންނަށް ވެސް ފުލުހުން ވަނީ ހުރަސްއަ� ާފައެވެ.
ރޭގެ މުޒާހަރާއިން ފުލުހުން ހައްޔަރުކުރީ އެމްޑީޕީގެ ނައިފަރު ދާއިރާގެ ރައީސް، އަބްދުالله ރަޝީދު (ވާވާ) އާއި އެމްޑީޕީގެ ޔޫތު ވިންގުގެ ނައިބުރައީސް، އަހުމަދު މައިމޫން މުހައްމަދު އެވެ. އޭގެ ތެރެއިން ވާވާ ފުލުހުން ދޫކޮށްލީ ކޯޓަށް ހާޒިރު ނުކޮށެވެ. އޭނާ ބަންދުން ދޫކޮށްލީ ރޭގެ ވަގުތެއްގަ އެވެ.
މުޒާހަރާގެ ތެރެއިން އެ ދެ މީހުން ހައްޔަރު ކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ އެމީހުންނަށް ލިބިފައިވެ އެވެ. އެގޮތުން، މައިމޫންގެ ބޮލަށާއި ހަށިގަނޑަށް އަނިޔާވެފައިވެ އެވެ. އެ އަނިޔާތަކަށް ރޭ ވަނީ އައިޖީއެމް ހޮސްޕިޓަލުން ފަރުވާ ވެސް ދީފަ އެވެ.
އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާއާ ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް) ގެ މެންބަރުން ވެސް ގު� ުނެވެ. އެ މުޒާހަރާ ކަވަރު ކުރަން އު� ުނު ނޫސްވެރިންނަށް ވެސް ފުލުހުން ރޭ ހުރަސްއެ� ި އެވެ.
އެމްޑީޕީން އޮތީ ސަރުކާރަށް 12 ޑިމާންޑެއްކޮށްފަ އެވެ. ނަމަވެސް އެ ޑިމާންޑުތަކަށް ސަރުކާރުން މިހާތަނަށް އިޖާބަ ދީފައެއް ނުވެ އެވެ.
