PNC CommunityPNC Community

އެމްޑީޕީ މުޒާހަރާއިން ރޭ ހައްޔަރުކުރި ވާވާ ދޫކޮށްލައިފި

adhadhu.com‏1 ގަޑިއިރު ކުރިން

އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރި އަބްދުالله ރަޝީދު (ވާވާ) ބަންދުން ދޫކޮށްލައިފި އެވެ.

ނިމިދިޔަ ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް އިތުބާރު ގެއްލި، ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެފައިވާތީ އެމްޑީޕީން އަންނަނީ ސަރުކާރަށް 12 ޑިމާންޑެއްކޮށް މުޒާހަރާ ކުރަމުންނެވެ.

ރޭގެ މުޒާހަރާއިން ފުލުހުން ހައްޔަރުކުރީ އެމްޑީޕީގެ ނައިފަރު ދާއިރާގެ ރައީސް، އަބްދުالله ރަޝީދު (ވާވާ) އާއި އެމްޑީޕީގެ ޔޫތު ވިންގުގެ ނައިބުރައީސް، އަހުމަދު މައިމޫން މުހައްމަދު އެވެ. އޭގެ ތެރެއިން ފުލުހުންގެ ބަންދުން ދޫކޮށްލާފައި ވަނީ ވާވާ އެވެ. އޭނާ ބަންދުން ދޫކޮށްލީ ރޭގެ ވަގުތެއްގަ އެވެ.

މުޒާހަރާގެ ތެރެއިން އެ ދެ މީހުން ހައްޔަރު ކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ އެމީހުންނަށް ލިބިފައިވެ އެވެ. އެގޮތުން، މައިމޫންގެ ބޮލަށާއި ހަށިގަނޑަށް އަނިޔާވެފައިވެ އެވެ. އެ އަނިޔާތަކަށް ރޭ ވަނީ އައިޖީއެމް ހޮސްޕިޓަލުން ފަރުވާ ވެސް ދީފަ އެވެ.

އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާއާ ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް) ގެ މެންބަރުން ވެސް ގު� ުނެވެ. އެ މުޒާހަރާ ކަވަރު ކުރަން އު� ުނު ނޫސްވެރިންނަށް ވެސް ފުލުހުން ރޭ ހުރަސްއެ� ި އެވެ.

އެމްޑީޕީން އޮތީ ސަރުކާރަށް 12 ޑިމާންޑެއްކޮށްފަ އެވެ. ނަމަވެސް އެ ޑިމާންޑުތަކަށް ސަރުކާރުން މިހާތަނަށް އިޖާބަ ދީފައެއް ނުވެ އެވެ.