PNC CommunityPNC Community

އާސެނަލް އަށް ޕްރެޝަރެއް އޮތިއްޔާ އޭގެ ފައިދާނަގަން އާޓެޓާ ބޭނުން

adhadhu.com‏1 ގަޑިއިރު ކުރިން

މެންޗެސްޓާ (އޭޕްރީލް 19) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ ދަނޑުގައި އެ ޓީމާ ދެކޮ� ަށް ކު� ޭ މެޗަށް ނުކުންނައިރު، އާސެނަލަށް ޕްރެޝަރެއް އޮތް ކަމަށް ދެކެވޭ ވާހަކަތަކުގެ ފައިދާނަގަައި، އޭގެއިން ހިތްވަރު ހޯދުން މުހިންމު ކަމަށް އާސެނަލްގެ މިކޭލް އާޓެޓާ ބުނެފި އެވެ.

ސިޓީން ވަނީ މިދިޔަ ހަފްތާގައި ޗެލްސީ ދަނޑުގައި ހޯދި މޮ� ާ އެކު، ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ ދެމެދު ހަ ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ. ލީގުގެ އެއް ވަަނައިގައި އާސެނަލް އޮތީ 32 މެޗުން 70 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 31 މެޗުން ވަނީ 64 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި މިރޭ އާސެނަލް ބަލިކޮށްގެން ދެ ޓީމުން މެޗު ހަމަކުރާއިރު ލީގު ތާވަލުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ސިޓީ އަށް އެބައޮތެވެ. އެކަމަކު، އާސެނަލް އަތުން ސިޓީ ބަލިވެއްޖެނަމަ، ދެ ޓީމުގެ މެޗު ހަމަވާއިރު، އާސެނަލަށް ލީޑެއް އޮންނާނެ އެވެ.

އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކު� ޭ މެޗަށް އާސެނަލުން ނުކުންނައިރު، އެ ޓީމުން ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކު� ުނު ފަސް މެޗުގެ ތެރެއިން މޮ� ުވީ އެންމެ މެޗަކުންނެވެ. އެއީ، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ސްޕޯޓިން ލިޒްބަން ދަނޑުގައި ކު� ުނު މެޗުންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހަފްތާގައި އާސެނަލުން އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން ބަލިވިއިރު، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ސްޕޯޓިންއާ ވީ އެއްވަރެވެ. މި ހުރިހާ ކަމަކަށް ބަލާއިރު، މިރޭގެ މެޗަށް ނުކުންނައިރު އާސެނަލަށް ޕްރެޝަރު އޮތް ކަމަށް ދެކެވޭ ވާހަކަތައް ގިނަ އެވެ.

"މިއީ، ހަމަ ސީދާ އަހަރެމެން ތިބެން ބޭނުންވާ ހިސާބު. އަހަރެމެން އަތުގައި ކޮންޓްރޯލް އޮވެގެން ކުރިއަށްދިއުން. އަހަންނަށް ވަރަށް ގިނަ ޕޮޒިޓިވް ކަންތައްތަކެއް އެބަފެނޭ،" އާޓެޓާ ބުންޏެވެ. "(ޕްރެޝަރުތަކެއް އޮވެގެން) އަހަރެމެން ހުއްޓުވޭނެ ފަދަ ގޮންޖެހުމެއް އޮތް ކަމަށް ނުދެކެން. އަހަރެމެން މިހާރު މި އޮތް ހާލަތުގައި އަހަރެމެން އެދެނީ އިދިކޮ� ަށް ނުކުންނަނީ އަހަރެމެންގެ އެންމެ ރަނގަ� ު ކު� ުން ދައްކަން ޖެހޭ ވަރުގެ ޓީމަކަށް ވުމަށް. އެހެންވީމަ، މިހާލަތުގައި އެކަން މި އޮތީ އެންމެ ރަނގަ� ަށް," އާޓެޓާ ބުންޏެވެ.

ފަހު ވަގުތު އާސެނަލްގެ ކު� ުންތެރިންނަށް ދޭނީ ކޮން މެސެޖެއްތޯ މީޑިއާ އިން ސުވާލުކުރުމުން އާޓެޓާ ބުނީ، އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓައި މެޗުން މޮ� ުވާން ކުރަން ޖެހޭ މަސައްކަަތް ކުރުމަށް ސަމާލުކަން ބެހެއްޓުމަށް ކު� ުންތެރިން ގާތުގައި ބުނާނެ ކަމަށެވެ.

"އަހަންނަށް ގަބޫލުކުރެވޭ މި ބޭނުންވާ ކަންތައް އަހަރެމެންނަށް ކުރެވޭނެ ކަމަށް،" އާޓެޓާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލާ ދެކޮ� ަށް ސިޓީން ކު� ޭ މެޗަކީ "ފައިނަލެއް" ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

"ޔަގީންކަަމެއް، އަހަރެމެން ބަލިވެއްޖިއްޔާ މި ކަން މި ނިމުނީ. އަހަރެމެން ބޭނުންވަނީ ކޮންފިޑެންސް، އެކަން ރަނގަ� ަށް އޮތް ކަމަށް އަހަރެން ދެކެނީ، ސުަޕަމާކެޓަކުން ގަންނަ އެއްޗެއް ގޮތަށް ކޮންފިޑެންސް އޮވެއްޖެނަމަ، ކޮންމެ މީހަކު ވެސް އެކަން ކުރާނެ. އަހަރެމެންނަށް އޮތީ އަމިއްލަ އަށް އެކަން އޮތްކަން ސާބިތުކޮށްދިނުން،" ގާޑިއޯލާ ބުންޏެވެ.

އާސެނަލާ ދެކޮ� ަށް ސިޓީން އެންމެ ފަހުން އަމިއްލަ ދަނޑުގައި ލީގުގައި ކު� ުނު 10 މެޗުން ވެސް ބަލިވެފައިނުވެ އެވެ. އެ މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ހަތް މެޗުން ސިޓީ މޮ� ުވިއިރު، ތިން މެޗު ވަނީ އެއްވަރުވެފަ އެވެ. އެންމެ ފަހުން، ސިޓީ ދަނޑުގައި އާސެނަލް މޮ� ުވީ 2015 ވަނަ އަހަރު ސިޓީ ކޯޗަކަށް މެނުއަލް ޕެލެގްރީނީ ހުއްޓަ އެވެ. އެ މެޗުން އާސެނަލް މޮ� ުވީ 2-0 އިންނެވެ. އަނެއްކޮ� ުން، އާސެނަލުން ސިޓީއާ ދެކޮ� ަށް އެންމެ ފަހުން ކު� ުނު ފަސް މެޗުން ބަލިވެފައިނުވާއިރު، އޭގެ ކުރިން ކު� ުނު 12 މެޗުން ވެސް އާސެނަލް އަތުން ސިޓީ މޮ� ުވި އެވެ.

އާސެނަލާއި ސިޓީ ކު� ޭ މެޗު އޮތީ މިރޭ 20:30 ގަ އެވެ.