PNC CommunityPNC Community

ނިޒާމްބެ ދިނީ މުހިންމު މެސެޖެއް: "މަސައްކަތް މި ކުރެވެނީ ފުޓްބޯ� ަ އަށް ރަނގަ� ަކަށް ނޫން"

adhadhu.com‏1 ގަޑިއިރު ކުރިން

އިއްޔެ ހަވީރު ކު� ުނު މެޗުން، ބްލޫ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން އެފްއޭ ކަޕް ފުޓްބޯ� ަ މުބާރާތުގެ ތިން ވަނަ ހޯދި މެޗަށް ފަހު، ބުރުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)، ރާއްޖޭގެ ފުޓްބޯ� ައިގެ މުސްތަގުބަލަށް ވިސްނައި ރަނގަ� ު މެސެޖެއް ދީފި އެވެ.

މެޗަށް ފަހު ދިން އިންޓަވިއުގައި ނިޒާމްބެ ވަނީ އަންނަ ސީޒަނުގައި އެއްވެސް ޓީމަކުން ފެނުމުގެ ފުރުސަތު ކުޑަ ކަމަށް ބުނެފަ އެވެ. އަދި، ވިސްނުން ހުރީ، ފުޓްބޯ� ައާ ދުރަށް އެހެން ދިމާލަކަށް ދިއުން ކަމަށް ވެސް ނިޒާމްބެގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ. ރާއްޖޭގެ ފުޓްބޯ� ައިގައި، ކު� ުމުގެ އިތުރުން ކޯޗިން ކެރިއަރަށް ބަލާނަމަ، 30 އަށް ވުރެން ގިނަ އަހަރު ހޭދަކޮށްފައިވާ ނިޒާމްބެ ފުޓްބޯ� ައިން ދުރަށް ޖެހިލުމުގެ އެ ވިސްނުން އައި ސަބަބު، "އަދަދު ސްޕޯޓްސް" އަށް، މިއަދު ވަނީ ހިއްސާކޮށްފަ އެވެ.

ނިޒާމްބެ ބުނީ ރާއްޖޭގެ ފުޓްބޯ� ަ އަށް ޓަކައި އަމިއްލަ އަށް ހުންނަ ޝައުގުވެރިކަމުގެ ސަބަބުން ގިނަ ވަގުތުތަކެއް މި ކަމަށް ދީގެން އެތައް އަހަރުތަކެއް ވަންދެން މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެެެވެ. އެހެން ނަަމަވެސް ދިވެހި ކޯޗުންނަށް މި ކަމުން ކުރިއަރައިގެން ދިއުމަށް ބޭނުންވާ ފުރުސަތު އެކަށީގެންވާ މިންވަރަށް ނެތްއިރު، ފުޓްބޯ� ައިގައި މިހާރު ފެންނަމުން އަންނަ މަންޒަރުތަކަށް ބަލާއިރު ކަންކަން ހުރީ މު� ި ފުޓްބޯ� ަ އަށް އެންމެ ފައިދާ ކުރާ ގޮތަށް ނޫން ކަމަށް ނިޒާމްބެ ވަނީ ފާހަގަކޮށްފަ އެވެ.

"ދައުލަތުގެ ފައިސާ އިން ދެ ޓީމެއް ވަރުގަދަވެގެންދާތަން މި ފެންނަނީ. ދެން ތިބި ޓީމުތަކަށް މީގެއިން ވާނީ ގެއްލުން. ރާއްޖޭގެ ފުޓްބޯ� ައިގެ ދުރު މުސްތަގުބަލަށް ބަލާއިރު މީގެއިން ފައިދާއެއް ނެތް. އެހެންވީމަ، ހިތައް މި އަރަނީ ހަގީގަތުގައި މި ކުރެވެނީ ރާއްޖޭގެ ފުޓްބޯ� ަ އަށް ރަނގަ� ު މަސައްކަތެއް ބާއޭ. ހަގީގަތަކީ މި ގޮތަށް މި ކުރެވޭ ކަމަކީ ފުޓްބޯ� ަ އަށް ރަނގަ� ަށް (ސަސްޓެއިން ކުރެވޭނެ ގޮތަށް) ކުރެވޭ މަސައްކަތެއް ނޫނޭ،" ނިޒާމްބެ ބުންޏެވެ.

"ހަގީގަތުގައި ވަރަށް އުނދަގޫ ދެން ހުރި ޓީމުތަކަށް، އެހެންވީމަ ފުޓްބޯ� ައާ ދުރު އެހެން ދިމާލަކުން ވެސް ފެނިދާނެ،"

ދައުލަތުގެ ފައިސާ އިން ހަރަދުކުރާ ދެ ޓީމެއް ކަމަށް ނިޒާމްބެ އިޝާރާތް އެ ކުރީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް އެވެ. ނިއު އާއި ވިކްޓަރީގެ ބޯޑުގައި މި ސަރުކާރާ ގު� ޭ ގިނަ ފަރާތްތަކެއް ހިމެނެ އެވެ. އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ވާހަކަތައް މިހާރު ޓީމުތަކުން ފަށާފައިވާއިރު، އެންމެ ވަރުގަދަ އަށް އިވެނީ ނިއު އާއި ވިކްޓަރީގެ އަޑެވެ.

ނިޒާމްބެ ބުނީ ލީގުގެ ކަންކަން ހިނގަމުން އަންނަ ގޮތަށް ބަލާއިރު، ދިވެހި ކޯޗުންނަށް މީގެ ހުރި ފުރުސަތުތައް ހަނިވަމުން އައުމަކީ ވެސް ކަންބޮޑުވުމެއް ކަމަށެވެ.

ދެ އަހަރެއްހާ ދުވަހު ރާއްޖޭގައި ފުރަތަމަ ޑިވިޝަނުގެ ފުޓްބޯ� ަ ނުކު� ެ އޮވެފައި، އަލުން ފަށައިގެން މަސައްކަތް ކުރާއިރު، ރާއްޖޭގެ ފުޓްބޯ� ަ "ވެންޓިލޭޓަރުން ނަގަން" ކުރެވޭ ކަންކަމާ މެދު ވިސްނަން ޖެހޭ ކަމަށް ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ ބުނެފައި

މި ސީޒަނުގައި ނިޒާމްބެ ވަނީ މީގެ ކުރިން ވެސް މި ވާހަކަތައް ހިއްސާކޮށްފަ އެވެ.

އެ ގޮތުން، މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ބުރު ކު� ުނު މެޗަށް ފަހު، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި، ނިޒާމްބެ ބުނެފައިވަނީ، ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ގިނަ ޓީމުތަކަށް ހުރި ޗެލެންޖަސް ބޮޑު ކަމަށެވެ.

"ޗެލެންޖަސް އެބަހުރި، ވަރަށް ބައިވަރު ޗެލެންޖަސް އެބަހުރި، ބުރަށް އެކަންޏެއް ނޫން ކަންނޭނގެ، ދެތިން ކްލަބެއް ނަގާފައި ހުރިހާ ކްލަބަކަށް ވެސް އެބަހުރި މި ޗެލެންޖު، ދެން، އަހަރެމެން އަދި ކިތަންމެ ބާރުލާފައި ވެންޓިލޭޓަރުން ނެގިޔޭ ބުންޏަސް، ވެންޓިލޭޓަރުން ނަގަން އެންމެ ރަނގަ� ު ޕްރޮސަސްތޯ އަހަރެމެންނަށް ފޮލޯ ކުރެވުނީ އެ ވެސް ވިސްނަން ޖެހޭ ކަމެއް،" ނިޒާމްބެ ބުންޏެވެ.

"އަަހަންނަށް ފެންނަ ގޮތުގައި އަދިއެއް ބުނަން އަވަސް، އެންމެ ރަނގަ� ޭ، އެންމެ ބަރާބަރޭ، ދެން، ހީވަނީ، ގިނަ ކްލަބްތަކަށް އަންނަ ސީޒަނާ ހަަމައަށް އަންނައިރު ވަރަށް ބޮޑެތި މަސައްކަތްތަކެއް ނުކޮށްފިކަމަށްވަންޏާމު ވަރަށް ބޮޑެތި ޗެލެންޖަސްތަކާ ކުރިމަތިލާން ޖެހޭނެއޭ،"

އެފްއޭ ކަޕްގެ ފައިނަލަށް ޓީސީ ގޮވައިގެން ދިޔަ ކޯޗު މުހައްމަދު އާތިފް (އާތީ) ވަނީ ސެމީ ފައިނަލުގައި ބުރު އަތުން މޮ� ުވި މެޗަށް ފަހު، ބުރު ގޮވައިގެން އުނދަގޫ ހާލަތެއްގައި އޮވެ، ނިޒާމްބެ ކުރި މަސައްކަތް ފާހަގަކޮށްފަ އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ލ. ކަލައިދޫ ފުޓްބޯ� ަ ޓީމު، ވިޔަންސާ، ޓީސީ ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކޯޗުކޮށްދިން ނިޒާމްބެ ވަނީ، ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ސައިފް ސްޕޯޓިން ކްލަބަށް ކޯޗުކޮށްދީފަ އެެވެ. އޭގެ އިތުރުން، ގައުމީ އަންހެން ފުޓްބޯ� ަ ޓީމާއި ޔޫތު ގައުމީ ޓީމުތަކަށް ބަލާއިރު، 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދީފަ އެވެ.