PNC CommunityPNC Community

ނަޝީދާއި ފައްޔާޒް މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރަނީ

adhadhu.com‏1 ގަޑިއިރު ކުރިން

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރާގޮތަށް ހަމަޖެހިއްޖެ އެވެ.

"ބޮޑު ބަދަލު" ގެ ނަމުގައި މިއަދު ހަވީރު 16:00 ޖަހާއިރު ބާއްވާ މި ނޫސްވެރިންގެ ބައްދަލުވުމާ ގު� ޭ މާބޮޑު ތަފްސީލެއް ނަޝީދާއި ފައްޔާޒްވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް މި ބައްދަލުވުމަކީ ބައެއް ކަންކަން އިއުލާންކުރަން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށް ބެލެވެ އެވެ.

ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ދައުރު ފުރިހަމަކުރެއްވުމަށްފަހު، ކުރީގެ ރައީސް، މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހު އެވެ.

ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމުގެ ކުރިން ނުރަސްމީ އެކްސް އެކައުންޓުން ބުރާސްފަތި ދުވަހު ކުރެއްވި ޕޯސްޓެއްގައި ގޮވައިލެއްވީ "ހުރިހާ ބޭފު� ުން ވެސް އެނބުރި ހާއްޔަށް އަންނަން" ތައްޔާރުވެލެއްވުމަށެވެ.

އެނބުރި ހާއްޔަށް އަންނަން ހުރިހާ އެންމެ ތައްޔާރުވުމަށް އެދިވަޑައިގެން ނަޝީދު ޕޯސްޓެއް ކުރެއްވިއިރު، އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕުގައި ވެސް ނަޝީދު ވަނީ އިދިކޮ� ު ހަރަކާތްތައް ވަރުގަދަ ކުރުމުގައި ބައިވެރިވެވަޑައިގަންނަވާނެކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

ނަޝީދު އާއި ފައްޔާޒް އެކުގައި ސިޔާސީ މަސައްކަތް ކުރައްވާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.