PNC CommunityPNC Community

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އު� ުނު ދެ މީހަކު ހައްޔަރުކޮށްފި

adhadhu.com‏1 ގަޑިއިރު ކުރިން

ރާއްޖެއަށް ވައިގެމަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އު� ުނު ދެ މީހަކު މިދިޔަ ހުކުރު ދުވަހު ފުލުހުން ހައްޔަރުކޮށްފި އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މި މައްސަލައާ ގު� ިގެން ހައްޔަރުކުރީ ގ. މުތީގެއާގެ، އަލްޔާ ޝަރްސާ ނަސީރު، 25، އާއި ކ. ތުލުސްދޫ، ބިޖިލީއުފާ، އާމިނަތު ރޫނާ، 29، އެވެ.

މި މައްސަލައާ ގު� ިގެން އަލްޔާ ޝަރްސާ ނަސީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރިއިރު، އާމިނަތު ރޫނާ ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގު� ިގެން ހިންގި އޮޕަރޭޝަނެއްގައި ހު� ުމާލެއިންނެވެ.

އެ ދެ މީހުންގެ ބައްދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި އަހަރު ރާއްޖެއަށް ވައިގެ މަގުންނާއި ކަނޑުގެ މަގުން އެތެރެކުރަން މަސައްކަތްކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގަނެ، މައްސަލަ ތަހުގީގުކުރަން ފުލުހުންނާ ވަނީ ހަވާލުކޮށްފަ އެވެ.