ލިވަޕޫލްގެ ބަދުނަސީބު ކަމުން ސްލޮޓަށް ހައިރާންކަން
ލިވަޕޫލް (އޭޕްރީލް 19) - މިއީ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލަށް ވަރަށް ބަދުނަސީބު ސީޒަނެއް ކަމަށާއި އެ ކަން ކުރިމަތިވެފައިވާ މިންވަރަށް ބަލާއިރު، ހައިރާންވާ ކަަމަށް ލިވަޕޫލްގެ ކޯޗު، ނެދަލެންޑްސް އާނާ ސްލޮޓް ބުނެފި އެވެ.
މި ސީޒަނަށް 500 މިިލިއަން ޑޮލަރަށް ވުރެން ގިނައިން އާ ކު� ުންތެރިންނަށް ހަރަދުކޮށް، ނުކުުތުމަށް ފަހު، ލިވަޕޫލްގެ ފަރާތުން ފެންނަނީ ވަރަށް ދަށް ކު� ުމެކެެވެ. ސީޒަނުގެ މިހާތަނަށް 17 މެޗުން ލިވަޕޫލް ބަލިވެފައިވާއިރު، ލީގުގައި އެކަނި ވެސް 10 މެޗުން ވަނީ ބަލިވެފަ އެެވެ. އަނިޔާގެ ގިނަ މައްސަލަތަކެއް ލިވަޕޫލަށް ކުރިމަތިވެފައިވާއިރު، ބޮޑު އަގުގައި ގަތް ދެ ފޯވާޑުން ކަމަށްވާ އަލެކްސަންޑަ އިސާކް އާއި ހޫގޯ އެކިޓީކޭ އަށް އަނިޔާއާ ހެދި ގިނަ މެޗުތަކެއް ގެއްލުނެވެ. އެ ގޮތުން، އިސާކް ހަތަރު މަހަށް ފަހު ކު� ުމަށް އެނބުރި އައިއިރު، އެކިޓީކޭ ގާތްގަނޑަކަށް ނުވަ މަހަށް ވަނީ ކު� ުމާ ދުރަށް ދާން ޖެހިފަ އެވެ.
ސްލޮޓް ބުނީ، ލިވަޕޫލްގެ ނަސީބު ދެރަވެފައި އޮތީ ހަމައެކަނި އަނިޔާގެ މައްސަލަތަކާ ހެދި އެއް ނޫން ކަމަށެެވެ.
"މި ކަހަލަ އިތުރު ސީޒަނެއް އަންނާނެތަ އިތުރު ވަގުތުގެ ތެރޭގައި އަހަރެމެން ކޮ� ަށް ގޯލު ވަދެގެން އަހަރެމެން ބަލިވާނެ؟އަހަންނަށް ހިއެއްނުވޭ ދެން އެ ފަދަ ކަމެއް ވެދާނެހެެނެއް. އެ ކަންކަމާ ހެދި އަށް ވަރަކަށް ޕޮއިންޓް އަހަރެމެންނަށް ގެއްލުނު. އަހަރެމެންނަށް މި ކަހަލަ ގޮތްގޮތަށް އެހާ އަނިޔާގެ މައްސަލަ ގިނަ ސީޒަނެއް އަންނާނެތަ؟، އެވެސް އަހަންނަށް ހިއެއްނުވޭ. އެކަމަކު ނުވާނެ ކަމެކޭ ނުބުނެވޭނެ، އަނިޔާ އަކީ ކު� ުމުގައި އަންނާނެ ކަމެއް. އެކަމަކު، މިހާ ނަސީބު ދެރަކޮށް މި ކަންކަން އަންނާނެ އިތުރު ސީޒަނެއް އޮންނާނެހެން ހިއެއްނުވޭ،" ލީގުގައި މިއަދު އެވަޓަންއާ ދެކޮ� ަށް ކު� ޭ މެޗުގެ ކުރިން ސްލޮޓް ބުންޏެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ލެގުގައި ވެސް ޕީއެސްޖީ އަތުން ބަލިވެ، އެ މުބާރާތުން ލިވަޕޫލް ކެޓުމާ އެކު، މި ސީޒަނުގައި ތަށްޓެއް ހޯދުމުގެ ފުރުސަތު ގެއްލި، ހުސްއަތާ ސީޒަން ނިންމާލަން ޖެހުނީ އެވެ. ސްލޮޓް ބުނީ، ޕީއެސްޖީއާ ދެކޮ� ަށް ދެ ވަނަ ލެގުގައި ލިވަޕޫލް 2-0 އިން ބަލިވި ނަމަވެސް، އެ މެޗުގައި ވާދަކުރެވުނު ގޮތުން، ކުރިއަށްހުރި މެޗުތަކާ މެދު އުންމީދު އެބައޮތް ކަމަށެެވެ.
މި ސީޒަނަށް ފަހު، ލިވަޕޫލްގެ ކޯޗުކަމުން ސްލޮޓް ވަކިކުރާނެ ކަމަށް ވާހަކަ ދެކެވޭއިރު، އޭނާ އަށް އަންނަ ސީޒަނުގައި ޓީމުގެ ހާލަތު ރަނގަ� ުކުރަން ވަގުތު ދޭނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ސްލޮޓް ބުނީ، އަންނަ ސީޒަނުގެ ޕްލޭންތައް ހަދަނީ އޭނާގެ ބައިވެރިވުން އޮވެގެން ކަމަށާއި ލިވަޕޫލްގެ ވެރިންގެ ސަޕޯޓް އެބައޮތް ކަމަށެވެ.
ލިވަޕޫލުން މިއަދު އެވަޓަންއާ ދެކޮ� ަށް ކު� ޭ މާސީސައިޑް ޑާބީ މެޗަކީ، އެވަޓަންގެ އާ ދަނޑު، ހިލް ޑިކިންސަން ސްޓޭޑިއަމްގައި ކު� ޭ ފުރަތަމަ މެޗެވެ.
