އެތުލެޓިކޯ ބަލިކޮށް ސޮސިއެޑާޑުން ހަތަރު ވަނަ ފަހަރަށް ސްޕެނިޝް ކަޕް ކާމިޔާބުކޮށްފި
މެޑްރިޑް (އޭޕްރީލް 19) - ޕެނަލްޓީ ޖަހައިގެން 4-3 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ރެއާލް ސޮސިއެޑާޑުން ހަތަރު ވަނަ ފަހަރަށް ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ)ގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ރޭގެ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގެ ކު� ުން ނިމުނުއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި އެތުލެޓިކޯގެ ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުވިއިރު، ސޮސިއެޑާޑުން ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ވައްދާލި އެވެ. އަދި، 2020 ވަނަ އަހަރުގެ ފަހުން ފުރަތަމަ ތަށި ވަނީ ހޯދައިފަ އެވެ.
ސެވިލްގެ އެސްޓަޑިއޯ ލަ ކަަރްޓޫހާ ސްޓޭޑިއަމްގައި ރޭ ކު� ުނު މެޗުގެ 14 ވަނަ ސިކުންތުގައި ސޮސިއެޑާޑުން ގޯލު ޖެހި އެވެ. މިއީ، ގޮންޒާލޯ ގުއޭޑޭޝް ނެގި ހުރަހަކުން، އަންޑަ ބަރަނަޓެކްސިއާ ބޮލުން ޖެހި ގޯލެކެވެ. މެޗުގެ 18 ވަނަ މިނިޓްގައި އަންޓުއާން ގްރީޒްމަން ދިން ބޯ� ައަކުން އަޑެމޯލާ ލުކްމަން ވަނީ އެތުލެޓިކޯ އަށް އެއްވަރުކޮށްދީފަ އެވެ.
އެކަމަކު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މިކޭލް އޮޔާޒަބާލް ވަނީ ޕެނަލްްޓީ އަކުން ލަނޑު ޖަހައި، ސޮސިއެޑާޑަށް އަލުން ލީޑުނަގައިދީފަ އެވެ. މިއީ އެތުލެޓިކޯގެ ކީޕަރު، ޖުއާން މޫސޯ، އޭރިއާތެރެއިން ގުއޭޑޭޝް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
އެތުލެޓިކޯ އިން ދެ ވަނަ ފަހަރަށް އެއްވަރުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި ހުއްޓަ އެވެ. އޭރިއާގެ ރޮނގުކައިރިން ހޫލިއަން އަލްވަރޭޒަށް ލިބުނު ބޯ� ަ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. މެޗުގެ ބާކީ ބަޔާއި އިތުރު ވަގުތުގެ ދެ ހާފު ކު� ެގެން ވެސް އެތުލެޓިކޯ އާއި ސޮސިއެޑާޑަށް ލަނޑެއް ޖެހޭގޮތެއްނުވެ، ޕެނަލްޓީން ނަތީޖާ ނެރެން ޖެހުނީ އެވެ.
ސޮސިއެޑާޑުން އޮރީ އޮސްކާސަން ފިޔަވައި އަނެއް ހަތަރު ޕެނަލްޓީ ވައްދާލި އެވެ. އެއީ، ގުއޭޑޭޝްގެ އިތުރުން، ލޫކާ ސުޗިޗް، އައިހެން މުނޯޒް އަދި ޕަބްލޯ މަރިން ޖެހި ޕެނަލްޓީ ތަކެވެ. އެތުލެޓިކޯ އިން ފުރަތަމަ ދެ ޕެނަލްޓީ އަލްވަރޭޒް އާއި އަލެކްސަންޑަ ސޯލޯތު އަތުން ވީ ނާކާމިޔާބެވެ. އޭގެ ފަހުން ޖެހި ތިން ޕެނަލްޓީ، ނިކޯ ގޮންޒާލޭޒް، ތިއާގޯ އަލްމާޑާ އަދި އަލެކްސް ބައޭނާ ކާމިޔާބުކުރި ނަމަވެސް އެ ޓީމު ބަލިވީ އެެވެ.
ސޮސިއެޑާޑުން މި ތަށި ހޯދީ 1909، 1987، 2020 އަދި 2026 ގަ އެވެ.
