ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި، ޓޮޓެންހަމް ރެލިގޭޝަނުން ގުޑައެއްނުލި
ލަންޑަން (އޭޕްރީލް 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނަައިޓެޑުން 1-0 އިން ޗެލްސީ ބަލިކުރިއިރު، އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސް އިން ބްރައިޓަން ހޯލްވް އަލްބިއަންއާ 2-2 އިން އެއްވަރުވެ، ރެލިގޭޝަން ޒޯނުގައި އިތުރު ދުވަސްތަކެއް ގުނަން ޖެހިއްޖެ އެވެ.
ޕްރިމިއާ ލީގުގެ ތާރީހުގައި ދެ ވަނަ ފަހަރަށް ޔުނައިޓެޑުން މި ވަނީ އެއް ސީޒަނެއްގައި ދެ ފަހަރަށް ލީގުގައި ޗެލްސީ ބަލިކޮށްފަ އެވެ. މި މޮ� ާ އެކު ޔުނައިޓެޑުން ގަދަ ފަހެއް ޔަގީންކޮށް، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު މި ވަނީ ބޮޑުކޮށްފަ އެެވެ. ތިން ވަނައިގައި އޮތް ޔުނައިޓެޑަށް 33 މެޗުން ވަނީ 58 ޕޮއިންޓް ލިބިފަ އެވެ. ހަތަރެެއްގައި އޮތް އެސްޓަން ވިލާ އަށް 32 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ލިވަޕޫލަށް 32 މެޗުން ވަނީ 52 ޕޮއިންޓް ލިބިފަ އެވެ. އަދި، ހައެއްގައި އޮތް ޗެލްސީ އަށް 33 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު، ފަހަތުގައި ވިއްދާފައި އޮތް ބޯންމައުތާއި ބްރެންޓްފޯޑުން ވަނީ 33 މެޗުން 48 ޕޮއިންޓް ހޯދައިފަ އެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ރޭ ކު� ުނު މެޗުގައި ޔުނައިޓެޑްގެ ހަމައެކަނި ލަނޑު ޖެހީ 43 ވަނަ މިނިޓްގައި މަޓެއުސް ކޫންޏާ އެވެ. މިއީ، ބްރޫނޯ ފެނާންޑޭސް ނެގި ހުރަހަކަށް އަރައި ގޯލުގެ ކަނަށް ބޯ� ަ އަމާޒުކޮށްލައިގެން ކޫންޏާ ޖެހި ގޯލެކެވެ.
ޔުނައިޓެޑުން ފަސް ޑިފެންޑަރުން އެކި ސަބަބުތަކާ ހެދި ނުލަައި ކު� ެން ޖެހުނު މި މެޗުގައި ފަހަތް ބެލެހެއްޓީ ޒުވާން ޑިފެންޑަރު، އެއިޑަން ހެވަން އާއި އާންމުކޮށް ފުލްބެކަށް ކު� ޭ، ނުޒައިރު މަސްރައޮއީ، ސެންޓްރަލް ޑިފެންސަށް ބޭނުންކޮށްގެންނެވެ. ޗެލްސީ އަށް އެ ޑިފެންސް ލައިން ފޫއަ� ުވާލައި ގޯލެއް ނުޖެހުނުއިރު، ދެ ހަމަލާއެއް ދަނޑިއަށް އަމާޒުވި އެވެ. އޭގެ ތެރެއިން، ލިއަމް ޑެލަޕް ބޮލުން ޖެހި ބޯ� ަ ދިޔައީ ނުރައްކާކޮށެވެ.
ޓޮޓެންހަމްގެ ކޯޗުކަމާ ރޮބާޓޯ ޑި ޒާބީ ހަވާލުވެ، ފުރަތަމަ މެޗުގައި މިދިޔަ ހަފްތާގައި ސަންޑަލެންޑް އަތުން ބަލިވިއިރު، ރޭގެ މެޗުގައި އޭނާ ނުކުތީ ކުރިން ކޯޗުކޮށްދިން ބްރައިޓަންއާ ދެކޮ� ަށެވެ. އެ މެޗުގައި، ޓޮޓެންހަމް އިން ދެ ފަހަރު ލީޑުނެގި ނަމަވެސް ބްރައިޓަން އިން ދެ ފަަހަރު ވެސް އެއްވަރުކުރީ އެވެ.
ފުރަތަމަ ހާފުގައި ޕެޑްރޯ ޕޯރޯ ވަނީ ޓޮޓެންހަމް އަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، ފުރަތަމަ ހާފުގެ އިތުރު ވަގުުތުގައި ކައޯރޫ މިޓޯމާ ވަނީ ލަނޑު ޖަހައި ބްރައިޓަން އަށް އެއްވަރުކޮށްދީފަ އެވެ. ދެ ވަނަ ހާފުގައި، ޒަވީ ސިމޯންސް އަލުން ޓޮޓެންހަމް އަށް ލީޑުނަގައިދިނެވެ. ޓޮޓެންހަމް އިން 2026 ވަަނަ އަހަރު ލީގުގައި ފުރަތަމަ މޮ� ު ހޯދުމާ ގާތުގައި ވަނިކޮށް، ޓޮޓެންހަމް އަށް އެއްވަރުކޮށްދިނީ ޖިއޯޖީނިއޯ ރޫޓެއާ ޖެހި ގޯލުންނެވެ.
