ޓީސީ ބަލިކޮށް ނިއު އިން 13 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފި
ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެފްއޭ ކަޕް ފުޓްބޯ� ަ މުުބާރާތުގެ ޗެމްޕިއަންކަން 13 ވަނަ ފަހަރަށް ހޯދައިފި އެވެ.
ނިއު އިން އެންމެ ފަހުން ދެ ފަަހަރު ވެސް މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ޓީސީ ބަލިކޮށްފަަ އެވެ. އެ ގޮތުން، ނިއު އިން ވަނީ އެންމެ ފަހުން މި މުބާރާތް ކު� ުނުއިރު، 2017 ވަނަ އަހަރުގެ ފައިނަލުގައި 2-2 އިން އެއްވަރުވެގެން، ޕެނަލްޓީގައި 4-2 އިން ޓީސީ ބަލިކޮށްފަ އެވެ އަނެއްކޮ� ުން، ޓީސީ މި ވަނީ ޖެހިޖެހިގެން ތިން ވަނަ އެފްއޭ ކަޕް ފައިނަލުން ބަލިވެފަ އެވެ. ކްލަބް ވެލެންސިއާ އަތުން 2016 ވަނަ އަހަރުގެ ފައިނަލުގައި ބަލިވިއިރު، 2017 ވަނަ އަހަރުގެ ފައިނަލާއި މި ފަހަރުގެ ފައިނަލުގައި ނިއު އަތުން ބަލިވީ އެވެ.
ގަލޮ� ު ދަނޑުގައި މިރޭ ކު� ުނު މެޗު ފަށައިގެން ޓީސީން ރަނގަ� ަށް ކު� ެމުން ދިޔަ ވަގުތެއްގައި، 21 ވަނަ މިނިޓްގައި ނިއު އިން ލީޑުނެގި އެވެ. މިއީ، ޕެނަލްޓީ އަކުން ނިއުގެ ކެޕްޓަން، އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލެކެވެ. މި ޕެނަލްޓީ ލިބުނީ، ސެންޓޭ އަށް އޭރިއާތެރެއިން ޓީސީގެ ކެޕްޓަން، ހަސަން އީނާޒް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ސެންޓޭ ކާމިޔާބުކުރީ ޕެނަންކާ ޕެނަލްޓީ އެކެވެ.
އޭގެ ފަހުން، ލީޑުފު� ާކުރަން ސެންޓޭ މު� ިން ހުސްކޮށްލާފައި ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯ� ަ އަށް އަރައި، މުހައްމަދު އިރުފާން (އިރޭ) ފޮނުވާލި ބޯ� ަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ނަތީޖާ ހަމަހަމަކުރަން ޓީސީ އަށް ވެސް ދެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، ހިލޭ ޖެހުމެއްގައި ޓީސީން އޭރިއާތެރެއަށް ހުރަސްކޮށްލި ބޯ� ަ ނިއުގެ ކީޕަރު، މުހައްމަދު ފައިސަލް އަތްމަތިން ގޮސް، ޓީސީގެ މުހައްމަދު އަޖުފާން ބޮލުން ޖައްސާލި ނަމަވެސް، ގޯލަށް ފޮނުވާލަން ކު� ުންތެރިއަކު އަރައިނެތެވެ. އަދި، އޭގެ ފަހުން، ޓީސީގެ އަހުމަދު ރިލްވާން (ބެން) ހުސްކޮށްލާފައި ދިން ބޯ� ަ އެ ޓީމުގެ ނައިޖީރިއާ މިޑްފީލްޑަރު، އިބްރާހިމް ޖިމޯ އަށް ރަނގަ� ަށް ކޮންޓްރޯލް ކުރެވޭ ގޮތެއްނުވި އެވެ.
ނިއު އިން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 40 ވަނަ މިނިޓްގަ އެވެ. މިއީ، އޭރިއާތެރެއިން ލިބުނު ބޯ� ައަކުން، ނިއުގެ ނައިޖީރިއާ ފޯވާޑް އަލްހާޖީ ގޭރޯ ޖެހި ގޯލެކެވެ. ގޭރޯ ފޮނުވާލި ބޯ� ަ ގޯލަށް ވަނީ ޓީސީގެ ނައިޖީރިއާ ކީޕަރު، ޑެނިއަލް އެމަނުއަލް އެޔީބޯ އަތުގައި ޖެހި، ދަނޑީގައި ވެސް ޖެހިފަ އެވެ.
ދެ ވަނަ ހާފުގެ ކު� ުން ފަށައިގެން 11 މިނިޓް ތެރޭ ޓީސީން ގޯލެއް ޖަހަން ރަނގަ� ު ހަމަލާއެއް ފޮނުވާލި އެވެ. އެ ގޮތުން، އޭރިއާބޭރުން ޖިމޯ ފޮނުވާލި ބޯ� ަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. ޓީސީން ނިއުގެ ހާފުގެ ތެރޭގައި ކު� ެ ގޯލެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކީޕަރު ފައިސަލް ކައިރިން އެ ޓީމަށް ގޯލެއް ޖެހޭ ގޮތެއްނުވި އެވެ.
ނިއު އިން ތިން ވަނަ ގޯލު ޖެހީ 83 ވަނަ މިނިޓްގަ އެވެ. މިއީ، ބްރެޒިލްގެ މިޑްފީލްޑަރު، ޑަ ސިލްވާ ހުރަސްކޮށްދިން ބޯ� ައަކަށް އަރައި ގެރޯ ބޮލުން ޖެހި ގޯލެކެވެ.
ނިއު އިން 2020 އާއި 2022 ވަނަ އަހަރު ސަސްޕެންޝަންގައި އޮތުމަށް ފަހު، އެނބުރި އައިސް ފުރަތަމަ ފަހަރަށް އަލުން އެފްއޭ ކަޕްގައި ކު� ުނު ފަހަރު ޗެމްޕިއަންކަން މި ހޯދީ ބައިކޮ� ަށް ގޯލެއް ވެސް ނުވަދެ އެވެ.
އެފްއޭ ކަޕް ފުޓްބޯ� ަ މުބާރާތާ އެކު، ދެ އަހަރަށް ފަހު ކުރިއަށްދިޔަ ރާއްޖޭގެ ފުރަތަމަ ފުޓްބޯ� ަ ސީޒަން ނިމުނީ އެވެ. ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އެ ކާމިޔާބީ ހޯދީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. އަދި، އެ އަށް ފަހު ކު� ުނު ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން މާޒިޔާ ބަލިކޮށް ހޯދީ، އަލަށް ފުރަތަމަ ޑިިވިޝަނުގައި ކު� ުނު އޮޑި ސްޕޯޓްސް ކްލަބް އެވެ.
