PNC CommunityPNC Community

މަސައްކަތްތެރިންގެ ހައްގުގައި މި އަހަރު ވެސް "މޭޑޭ ރެލީ" އޮންނާނެ

adhadhu.com‏2 ގަޑިއިރު ކުރިން

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހު މަސައްކަތްތެރިންގެ ހައްގުގައި މި އަހަރު ވެސް "މޭޑޭ ރެލީ" އޮންނާނެކަން ރާއްޖޭގެ މަސައްކަތްތެރިންގެ ޔޫނިއަންތައް ތަމްސީލް ކުރާ މައި ޖަމިއްޔާ ކަމަށްވާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގުރެސް (އެމްޓީޔޫސީ) އިން ހާމަކޮށްފި އެވެ.

ކޮންމެ އަހަރެެއްގެ މެއި މަހުގެ ފުރަތަމަ ދުވަހަކީ މަސައްކަތްތެރިންގެ ދުވަހެވެ. އެއީ ސަރުކާރު ބަންދު ދުވަހެކެވެ.

ފާއިތުވި ކޮންމެ އަހަރެއްގައި ވެސް އެ ދުވަހު މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކޮށް ހިނގާލުންތަކާއި ރެލީތައް ބާއްވާފައިވެ އެވެ. ބައެއް އަހަރުތަކުގެ މޭޑޭ ރެލީ ކުރިއަށްގެންދިޔުމަށް ފުލުހުން ހުރަސް އެ� ި އެވެ.

އެގޮތުން، މިދިޔަ އަހަރުގެ ރެލީ ރާވާފައި އޮތީ ރަސްފަންނު ސަރަހައްދުން ފަށައި، މަޖީދީ މަގުން އިރަށް ހިނގައި އާޓިފިޝަލް ބީޗަށް ނިންމާލާ ގޮތަށެވެ.

ނަމަވެސް، ރެލީ ފެށެން ކުޑަ ވަގުތުކޮ� ަކަށް ވެފައި ވަނިކޮށް ފުލުހުން އައިސް ވަނީ ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގު ގު� ޭ ހިސާބުގައި ބެރިކޭޑު ޖަހައި ރެލީއަށް ހުރަސް އެ� ި އެވެ.

މި އަހަރުގެ ރެލީ ކުރިއަށްދާނެ ރޫޓެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މަސައްކަތްތެރިންގެ ދުވަހަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ހިނގާލުންތަކާއެކު ފާހަގަކުރާ ދުވަހެކެވެ.