PNC CommunityPNC Community

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މުއާޒު އިސްތިއުފާ ދީފި

adhadhu.com‏2 ގަޑިއިރު ކުރިން

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މުއާޒު ހަލީމު މިއަދު އިސްތިއުފާ ދީފި އެވެ.

އެ މަގާމުން އިސްތިއުފާ ދިންކަން މުއާޒު ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. އޭނާ އިސްތިއުފާ ދިނީ ފާއިތުވި އިންތިހާބުތަކުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމުން ގެންނަމުންދާ ބަދަލުތަކުގެ ތެރެއިންނެވެ.:"ޕާޓީގެ ހިންގުން ހަރުދަނާކުރައްވައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ޙާޞިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕު� ުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް،" އިސްތިއުފާ ދެއްވި ސަބަބު ބަޔާންކުރަމުން މުއާޒު ލިޔުއްވި އެވެ.

ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފު� ަކު ހުރުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ، މިއަދުން ފެށިގެން އިސްތިއުފާ ދިން ކަމަށް އޭނާ ލިޔުއްވި އެވެ.

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މުއާޒު އައްޔަނުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރަންޖެހޭނީ ޕާޓީގެ މެންބަރުންގެ މަޖިލީހުންނެވެ. ޕާޓީގެ މެންބަރުންގެ މަޖިލީހަކީ ޕާޓީ ހިންގުމުގެ މަސައްކަތް ކުރާ މަޖިލީހެވެ.

އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ އިދާރީ ގޮތުން ހިންގަންޖެހޭނީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލެވެ. އަދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލަކީ ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ވެސް މެންބަރެކެވެ.