PNC CommunityPNC Community

ރާއްޖޭގެ އެންމެ ރަނގަ� ު ފިކްސްޑް ނެޓްވޯކް އެވޯޑު އުރީދޫއަށް ދިނީ ކަސްޓަމަރުން: ނިޔާޒު

adhadhu.com‏2 ގަޑިއިރު ކުރިން

އުރީދޫ މޯލްޑިވްސްއިން ފިކްސްޑް ބްރޯޑްބޭންޑްގެ ދާއިރާގައި އެ ކުންފުނި ހޯދަމުން އަންނަ ކުރިއެރުން ދަމަހައްޓައި، އެ ކުންފުނީގެ ސުޕަނެޓް ހިދުމަތަކީ ރާއްޖޭގެ އެންމެ ރަނގަ� ު ފިކްސްޑް ނެޓްވޯކްގެ ގޮތުގައި ކަނޑައަ� ައި އޫކްލާ ސްޕީޑްޓެސްޓިން އިން އެވޯޑު ލިބުމަކީ ކަސްޓަމަރުން ކޮށްދިން ކަމެއްގެ ގޮތުގައި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް ސިފަކުރައްވައިފި އެވެ.

ނިޔާޒް ވިދާ� ުވީ ކަސްޓަމަރުން އިތުބާރުކޮށް އުރީދޫގެ ހިދުމަތްތަކަށް ބަރޯސާވެ ހިތްވަރުދިނުމުން، އެ ހިދުމަތްތައް އިތުރަށް ރަނގަ� ުކޮށް، އެންމެ ފުރިހަމަ ތަޖުރިބާ ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އޫކްލާގެ އެންމެ ރަނގަ� ު ފިކްސްޑް ނެޓްވޯކް އެވޯޑަކީ އަ� ުގަނޑުމެންގެ ވަފާތެރި ކަސްޓަމަރުން އަ� ުގަނޑުމެންނަށް ދެއްވި އެވޯޑެއް. ކަސްޓަމަރުންގެ އިތުބާރާއި އަ� ުގަނޑުމެންގެ ހިދުމަތްތަކަށް ބަރޯސާވުން، އަ� ުގަނޑުމެންނަށް ހިތްވަރު ދެނީ ހިދުމަތްތައް އިތުރަށް ރަނގަ� ުކޮށް، އެންމެ ފުރިހަމަ ތަޖުރިބާ ފޯރުކޮށްދިނުން،" އޭނާ ވިދާ� ުވި އެވެ.

ނިޔާޒް ވިދާ� ުވީ ނެޓްވޯކެއްގެ ފެންވަރު ކަނޑައެ� ުމުގައި އެންމެ މުހިންމީ ޚިދުމަތުގެ ދެމެހެއްޓެނިވިކަމާއި އިތުބާރު ކަމަށެވެ. އެގޮތުން އެނާ ވިދާ� ުވީ އަމާޒަކީ މަސައްކަތާއި ތައުލީމުން ފެށިގެން ގޭމިން އަދި މުނިފޫހިފިލުވުމުގެ ކަންކަމާ ހަމައަށް ކަސްޓަމަރުންނަށް ފުރިހަމައަށް ބަރޯސާވެވޭނެ ނެޓްވޯކެއް ފޯރުކޮށްދިނުން ކަމަށެވެ.

"ހިދުމަތުގެ ދެމެހެއްޓެނިވިކަމާއި އިތުބާރަކީ ނެޓްވޯކެއްގެ ފެންވަރު ދައްކުވައިދޭ އެންމެ މުހިންމު ސިފައެއް. އަ� ުގަނޑުމެންގެ އަމާޒަކީ މަސައްކަތާއި ތައުލީމުން ފެށިގެން ގޭމިން އަދި މުނިފޫހިފިލުވުމުގެ ކަންކަމާ ހަމައަށް ކަސްޓަމަރުންނަށް ފުރިހަމައަށް ބަރޯސާވެވޭނެ ނެޓްވޯކެއް ފޯރުކޮށްދިނުން،" އޭނާ ވިދާ� ުވި އެވެ.

ޑިޖިޓަލް ގު� ުމަކީ ދިރިއު� ުމުގެ ކޮންމެހެން ބޭނުންތެރި ބަޔަކަށް ވެފައިވާއިރު، އުރީދޫ މޯލްޑިވްސްއިން އަމާޒު ހިފާފައިވަނީ ކަސްޓަމަރުންގެ ދުވަހުގެ މަސައްކަތްތަކަށް އެހީތެރިވެދޭނެ ނެޓްވޯކެއް ބިނާކުރުމަށެވެ.

ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކާއި، އޮންލައިންކޮށް ކިޔަވާ ދަރިވަރުންނާއި، ގޭމް ކު� ޭ ފަރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހިދުމަތްތައް ހޯދާ އާއިލާތަކަށް ވެސް ސުޕަނެޓް މެދުވެރިކޮށް ފެންވަރު ރަނގަ� ު ހިދުމަތްތަކެއް ދަނީ ފޯރުކޮށްދެމުންނެވެ.

ސުޕަނެޓް ތަރައްގީކޮށްފައިވަނީ ޑިޖިޓަލް މުޖުތަމައެއްގެ ބޭނުންތަކަށް ފެތޭގޮތަށް، އިންފްރާސްޓްރަކްޗާއަށް ކުރަމުން އަންނަ އިންވެސްޓްމަންޓްތަކާއި ނެޓްވޯކް އޮޕްޓިމައިޒޭޝަންގެ ސަބަބުން ހަލުވި އަދި ހަމަޖެހޭ ޚިދުމަތެއް ފޯރުކޮށްދޭ ގޮތަށެވެ.

ރާއްޖޭގެ އެކި ކަންކޮ� ުތަކުގައި ހިދުމަތް ފޯރުކޮށްދިނުމަކީ އީޖާދީ މަސައްކަތްތަކާއި ހިތްވަރެއް ބޭނުންވާ ކަމަކަށްވާއިރު، އުރީދޫ މޯލްޑިވްސްގެ ނެޓްވޯކް ސްޓްރެޓެޖީ ބިނާވެފައިވަނީ އެ ކަންކަމުގެ މައްޗަށެވެ.

ސުޕަނެޓް މެދުވެރިކޮށް، ރާއްޖޭގެ ފިކްސްޑް ބްރޯޑްބޭންޑްގެ މިންގަނޑުތައް އެ ކުންފުނިން ދަނީ ކަނޑައަ� ަމުންނެވެ. އެގޮތުން، ކަސްޓަމަރުންނަށް އެންމެ މުހިންމު ކަންކަމާ ގު� ިފައި ތިބުމުގެ ފުރުސަތު އެ ކުންފުނިން ކަށަވަރުކޮށްދެ އެވެ.