ސިޔާސީ ބޭނުމަށް އެތައް ހާސް ވަޒީފާތަކެއް އުފެއްދުމަށް ފަހު އެސްއޯއީތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރަން އަންގައ…
ސަރުކާރުތަކުން އިންތިހާބުތައް ކާމިޔާބު ކުރުމަށް ސިޔާސީ ގޮތުން އެތައް ހާސް ވަޒީފާއެއް އުފެއްދި އެސްއޯއީތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.
މި ނިންމުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގެ ނިޒާމާއި މެނޭޖްމަންޓް ހަރުދަނާކުރުމަށްޓަކައި، ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އަ� ަންޖެހޭ ފިޔަވަ� ުތައް އެ� ުމަށް ގެންނަ ބަދަލެއް ކަމަށް ފިނޭންސް މިނިސްޓަރުން ބުނެ އެވެ.
އެ އެންގުމުގައި ވަނީ ކުންފުނިތަކުގެ މަސައްކަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމާއި، އިންސާނީ ވަސީލަތްތައް މެނޭޖުކުރުން ހަރުދަނާކުރުމަކީ މިވަގުތަށް މިއީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރުއެ� ުމުގެ ގޮތުން، ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރުމަށާއި، ހަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި މުވައްޒަފުންގެ އަދަދު މަދުކުރުމަށް ވަނީ އަންގާފަ އެވެ.
އޭގެ އިތުރުން، ވަޒީފާއަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ތައުލީމީ ފެންވަރާއި، ހުނަރާއި، ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު ނުވަތަ މެރިޓް ބޭސްޑް ޕޮލިސީ މިހާރަށް ވުރެ ހަރުދަނާކުރުމަށް ވެސް މިނިސްޓްރީން ވަނީ އިރުޝާދު ދީފަ އެވެ.
ސަރުކާރުން އެތައް ހާސް ވަޒީފާއެއް މިދިޔަ ކައުންސިލް އިންތިހާބާ ދިމާކޮށް ވެސް ކުންފުނިތައް މެދުވެރިކޮށް ދީފައިވެ އެވެ. އޭގެ ތެރެއިން ބައެއް ވަޒީފާތަކަށް މީހުން ކުރިމަތިލުމަށް 24 ގަޑިއިރު ވެސް ދީފައި ނުވެ އެވެ.
އިދިކޮ� ު ފަރާތްތަކުން ވަނީ އެ އިންތިހާބުގެ ތެރޭގައި ވަޒީފާ ލިބުނު މީހުން އެ މަގާމުތަކުން ވަކިކުރާނެ ކަމަށް ބުނެފަ އެވެ.
