ކޯޗު އާތީއާއެކު TC އެފްއޭ ކަޕްގެ ފައިނަލަށް ދަތުރުކޮށްފި.
މުހިންމު ކަންތައްތައް
- 1.މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު މުހައްމަދު އާތިފް (އާތީ) ޓީސީގެ ކޯޗުކަމާ ހަވާލުވިއިރު، އެ ޓީމު އޮތީ ދިވެހި ޕްރިމިއާ ލީގުގެ އަށް ވަނައިގަ އެވެ.
- 2.ޓީސީން ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި 5 ޕޮއިންޓް ހޯދިއިރު، ދެވަނަ ބުރުގައި 16 ޕޮއިންޓް ހޯދައިގެން ލީގު ނިންމާލީ ހަތްވަނައިގަ އެވެ.
- 3.އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ވިކްޓަރީ އަތުން 3-1 އިން އަދި ސެމީ ފައިނަލުގައި ބުރު ސްޕޯޓްސް ކްލަބް އަތުން 2-0 އިން މޮޅުވެ ޓީސީ ވަނީ ފައިނަލުގެ ޖާގަ ހޯދާފަ އެވެ.
- 4.ފައިނަލުގައި ޓީސީ ބައްދަލުކުރާނީ 12 ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ނިއު ރޭޑިއަންޓާއެވެ. ނިއު އިން އެންމެ ފަހުން މި ތަށި ހޯދީ 2017 ގައި ޓީސީ ބަލިކޮށްގެންނެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު މުހައްމަދު އާތިފް (އާތީ) ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗުކަމާ ހަވާލުވިއިރު، އެ ޓީމު އޮތީ ދިވެހި ޕްރިމިއާ ލީގުގެ އަށް ވަނައިގަ އެވެ. އާތީގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން އޮޑި ސްޕޯޓްސް ކްލަބް އަތުން 3-0 އިން ބަލިވި ނަމަވެސް، ޓީމުގެ ކުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށި އެވެ. މިއީ ޓީސީގެ ބެންޗުން އާތީ ފެނުނު ދެވަނަ ފަހަރެވެ.
ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ނިންމާލިއިރު ޓީސީ އަށް ލިބިފައި އޮތީ އެންމެ ފަސް ޕޮއިންޓެވެ. ނަމަވެސް، އާތީގެ ބެލުމުގެ ދަށުން ދެވަނަ ބުރުގައި އެ ޓީމުން ވަނީ ބޮޑު ކުރިއެރުމެއް ހޯދައި، 16 ޕޮއިންޓް ހޯދާފަ އެވެ. ލީގު ނިންމާލީ ހަތް ވަނައިގަ އެވެ. ރެލިގޭޝަން ޕްލޭއޮފް ކުޅުމުން ސަލާމަތްވުމާ ގާތަށް ޓީސީން ވަނީ ދަތުރުކޮށްފަ އެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ޕްލޭއޮފްގައި ވިކްޓަރީ އަތުން ބަލިވެ ކޮލިފައިނުވި ނަމަވެސް، އެފްއޭ ކަޕްގައި ޓީސީން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން ކުއާޓާ ފައިނަލުގައި ވިކްޓަރީ 3-1 އިން ބަލިކޮށް، ސެމީ ފައިނަލުގައި ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް 2-0 އިން ކުރިހޯދައިގެން އެ ޓީމު ވަނީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.
ފައިނަލުގައި ޓީސީ ނުކުންނާނީ މި މުބާރާތް 12 ފަހަރު ކާމިޔާބުކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މިއީ 2017 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލަށް ފަހު މި ދެ ޓީމު ފައިނަލެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އެ އަހަރުގެ ފައިނަލް މެޗު 2-2 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން ނިއު ރޭޑިއަންޓް ވަނީ ޓީސީގެ މައްޗަށް ކުރިހޯދާފަ އެވެ.
މި ފައިނަލާ ކުރިމަތިލާއިރު، ޓީސީގެ ކޯޗު އާތީ ބުނީ ޓީމުގެ ފިޓްނަސް އެންމެ ރަނގަޅު ލެވަލްގައި ނެތް ނަމަވެސް، ކުޅުންތެރިންގެ ހިތްވަރާއި އަޒުމާއެކު ފައިނަލަށް ނުކުންނަނީ ފުރިހަމަ އިތުބާރާއެކު ކަމަށެވެ. އަދި ނިއު ރޭޑިއަންޓަކީ މުބާރާތުގެ ފޭވަރިޓުން ކަމަށް ގިނަ ބަޔަކު ދެކުނަސް، ޓީސީ އޮތީ ވަކި ދެރަ ފޯމެއްގައި ނޫން ކަމަށް އޭނާ ފާހަގަކުރި އެވެ.
ދިވެހިރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކްލަބްތައް ހިންގުމަށް އެހީތެރިވުމަކީ ދިވެހި ސަރުކާރާއި ޕީއެންސީގެ މުހިންމު ސިޔާސަތެކެވެ. މިއީ ރާއްޖޭގެ މަގުބޫލު ކުޅިވަރުތަކުގެ މަތީ ޑިވިޜަންތަކުގައި ވާދަކުރާ ކްލަބްތަކަށް، ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ސްޕޮންސަރޝިޕްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕީއެންސީން ވެފައިވާ ވައުދާ އެއްގޮތްވާ ކަމެކެވެ. މިފަދަ އެހީތެރިކަމުގެ ސަބަބުން ކްލަބްތަކުގެ ފެންވަރު ރަނގަޅުވެ، ކުޅިވަރުގެ ދާއިރާ އިތުރަށް ކުރިއަރައިގެންދާނެ އެވެ.
